ޓާމިނަލް މަސައްކަތް މަޑުޖެހިފައިވަނީ ފައިސާދިނުން މަޑުޖެހިފައިވުމުން: ރައީސް ޞާލިހް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލްގެ މަސައްކަތް މަޑުޖެހިފައިވަނީ ފައިސާ ދޭން ހަމަޖެހިފައިވާ ފަރާތްތަކުން އެކަން މަޑުޖައްސާލާފައިިވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގެސްޓް ހައުސް މަހާސިންތާ ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ޓާމިނަލުގެ މަސައްކަތް މިހާތަނަށް ކުރިއަށް ނުގޮސްފައިވަނީ ފައިސާދޭ ފަރާތުން ފައިސާ ދިނުން އެތައް ސަބަބުތަކަކާ ހުރެ މަޑުޖައްސާލާފައިވުމުންކަމަށެވެ. ނަމަވެސް، މިވީ ދެ ހަފުތާގެ ތެރޭގައި ސަރުކާރަށް ކުރެވުނު މަސައްކަތުގެ އަލީގައި އެކަމަށް އެންމެ ބޮޑު ލޯނު އެހީދޭ ފަރާތް ކަމުގައިވާ ސައޫދީ އަރަބިއްޔާއިން އެއަށް ބޭނުންވާ ފައިސާ ދޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށްވެސް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.
ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 350މިލިޔަން ޑޮލަރެވެ.
މި މަޝްރޫއު ނިމި އެއަރޕޯޓް ޓާމިނަލް ހުޅުވޭނެކަމަށް އެމްއޭސީއެލް އިން ބުނަނީ 2022 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް