އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ހަބަރު 08 Jan 2024 | 02:03

އަޅެ މިފޯޓޯގަނޑުން މިދެނީ ކޮން އިންޒާރެއްތަ؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ޓެރިޓަރީއެއްކަމުގައިވާ ލަކްޝައްދީބުގެ ރަށަކަށް ޗުއްޓީއެއް ހޭދަކުރައްވަން ވަޑައިގެންފައި އެރަށުގެ ދޮންވެލީގެ ރީތި ބީޗެއްގައި ހިންގަވާފައި ފޮޓޯއެއް ނަންގަވައި އެކްސްގައި ޝެއަރ ކުރެއްވުމުން ރާއްޖޭ ނޫސްވެރިއަކަށް ފެނުނީ އެއީ ދިވެހިރާއްޖެއަށް ދިން އިންޒާރެއް ކަމަށެވެ. އެފޮޓޯގަނޑު އިންޒާރަކަށް ހަދައިގެން އޭނާގެ ނޫހުގައި އެވާހަކަ އޭނާގެ އަމިއްލަ ޖަޒުބާތުތައް ލައިގެން ލިޔުމާއެކު ގިނަބަޔަކަށް އަޅައިގަންނަ ކަމަކަށް އެކަންވިއެވެ.

ދިވެހިރާއްޖެއަށް އިންޑިއާގެ އަސްކަރީ ނުފޫޒު ފޯރުވުމާއި އިދިކޮޅު ޚިޔާލުގެ ބަޔަކު އެނޫން އެބުނެދިން އިންޒާރަށް ރިއެކްޓްކުރިއެވެ. އެއާއެކު ނޫހުން ބޭނުންވި މަގްސަދު ހާސިލުވީ ކަހަލައެވެ. ސޯޝަލް މީޑިއާގައި އެފޮޓޯގަނޑެއް ދައުރުވަމުން ދެގައުމުގެ އެކްޓިވިސްޓުންތަކެއް އެއަށް ކޮމެންޓްކުރަމުންގޮސް ރާއްޖޭގައި ސަރުކާރުގައި ސިޔާސީ މަގާމްތަކެއް ފުރާ ޒުވާން ކުދިންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ކުރި ނެގެޓިވްކޮމެންޓްތަކަކާ ގުޅިގެން އެމީހުންގެ މަގާމްތަކުން ވަގުތީގޮތުން އިއްޔެ މިވަނީ ސަސްޕެންޑްކޮށްފައެވެ.

މީގައި އެންމެ ހައިރާންވާންޖެހޭ ކަމަކީ މޯދީ އެޓްވީޓެއް ކުރައްވާފައި ދިވެހިރާއްޖެއާ ބެހޭގޮތުން އެއްޗެއް ވިދާޅުވީއަކީވެސް ނޫނެވެ. އެގައުމުގެ އެރަށްތަކުގައި ދިވެހިރާއްޖޭގެ ރިސޯޓްތައް ހަދާފައި ހުންނަގޮތަށް ރިސޯޓްތައް ހެދުމުގެ ވާހަކަތަކަކީ އާ ވާހަކަތަކެއްވެސް ނޫނެވެ. އެއީ ރީތި ރަށްތަކެއްވީމާ އެރަށްތަކުގައި ރިސޯޓްހަދައިގެން ހިންގަންވީއެވެ. އެޕްރޮޖެކްޓް އިންޑިއާ ސަރުކާރުން ޕްލޭން ކޮށްގެން އުޅޭތާވެސް ކިތަންމެ ދުވަހެކެވެ. ސައުދީ އަރަބިއްޔާއިން ރެޑްސީގައި ދިވެހިރާއްޖެ ކަހަލަ ރީތިރަށްތަކެއް ހަދައިގެން އެތާގައި ވަރަށް އެއްގޮތް މޮޑެލްތަކަކަށް ރިސޯޓް އެބަހަދައެވެ. ތުރުކީގައިވެސް ދިވެހިރާއްޖޭގެ ނަމުން މަޝްހޫރުކޮށްގެން އުޅޭ ރީތި ރިސޯޓްރަށެއް އެބަހުއްޓެވެ. މޯދީ އެރަށްތަކަށް ޒިޔާރަތްކުރައްވައި ޗުއްޓީ ހެއްދެވީ އަލަކަށްވެސް ނޫނެވެ. އެހެންވީމާ އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ރަށަކަށް ވަޑައިގެން ރާއްޖޭގެ ރަށެއްކަހަލަ ރަށެއްވީމާ އެތާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގުމުގެ ވާހަކައެއް ދެއްކެވީމާ ދިވެހިރާއްޖެއާއި އެކަމާގުޅުވައިގެން ރާއްޖޭގެ ނޫސްތަކުން އެކަންތައް ބޮޑުކޮށް ޑިޕްލޮމެޓިކް މައްސަލަ ގަނޑެއް އުފެދޭ ހިސާބަށް އުފުލަންޖެހޭ ސަބަބެއްވެސް ނެތެވެ.

އެކަމުގައި އޮތީ އެންމެ ސަބަބެކެވެ. އިންޑިއާގެ ސިފައިން ދިވެހިރާއްޖެއިން ގެންދިއުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ގެއްލުންބޮޑު ސިޔާސަތެއްކަން ދިވެހިންނަށް ވިސްނައިދޭން ދިވެހިންގެ ބަޔަކު ބޭނުންވުމެވެ. މިއީ މިނިވަންކަން އޮތީމާ ފާޅުގައި ބައެއް މީޑީއާތަކުން ފަށައިގެން ހިންގާ ހަރަކާތެއްވެސް މެއެވެ. އެހެންޏާ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ސިޔާސީ ލީޑަރުން ދިވެހިރާއްޖެއަށް ބަދުބަސްބުނެ ދިވެހިރާއްޖެއަށް ސިފައިން އަރުވައި ދިވެހި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި ތޮޅި ގައުމު އަޅުވެތިކުރަން ގޮވައި އަދި އިންޑިއާގެ މީޑިއާތަކުން މިހާރު ރާއްޖޭގެ ރައީސް ސިފަކުރާ އެންޓީ އިންޑިއާގެ ސޫރައާމެދު އަޅައިލުމެއް ނެތި މިގޮތަށް ފޮޓޯގަނޑެއް އިންޒާރަކަށް ހަދައިގެން ދިވެހިންގެތެރޭގައި އެނބުރުމުގެ އޮތީ ކޮން މަގްސަދެއް ކަމެއް ނުވިސްނެއެވެ. ރަންގަލަމަކުން ފޮޓޯގަނޑެއްގައި ކުރަހައި ކުލަޖައްސާފައި އެއަށް ޕެޓްރޯލްއަޅައި ރޯކޮށްގެން ރާއްޖޭގައި ފެތުރައިގެން ނޫސްވެރިކަމުގެ އުސްމިންތަކަށް އެރިއްޖެކަމަށް ދެކެވަޑައިގަތަސް ދިވެހި ގައުމުގެ މަސްލަހަތަށް އެއިން ލިއްބައިދިން ގެއްލުމާމެދުވެސް ވިސްނައިލުމަކީ އެންމެ ރަގަޅުކަމަކަށް ނުވާނެތޯއެވެ.

ދިވެހިރާއްޖެއަށް ނާންނަންގޮވާ މަޝްހޫރު މީހުން މީގެކުރިންވެސް އެހެން ގޮވައެވެ. އެހެންގޮވާ ބައެއް މަޝްހޫރުމީހުން އެތަކެއް ފަހަރު ރާއްޖެއަށް ޒިޔާރަތްކޮށްވެސް ހަދައެވެ. ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި މިގައުމަށް ދުނިޔޭގެ ރަންވަނަ ލިބޭތީ ހަސަދަވެރިވާ ކިތަންމެ ބަޔަކު އުޅެއެވެ.

މިކަމުގައި ސަރުކާރުން އެޅީ ރަނގަޅު ފިޔަވަޅެކެވެ. ސަރުކާރު މަގާމެއްގައި ހުރެ އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ބަދުބަސް ބުނެވިގެން ނުވާނެއެވެ. އިންޑިއާ ސަރުކާރުންވެސް މިގޮތަށް ދިވެހިރާއްޖެއަށް ފުރައްސާރަކޮށް ވާހަކަދައްކާ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންނާމެދު ފިޔަވަޅު އަޅާނަމަ ހާދަހާވާ ރަނގަޅެއެވެ. އެކަމަކު އެގައުމުން ކުރާކަމެއް އަޅުގަނޑުމެން ބަލާކަށެއްވެސް ނުޖެހެއެވެ. ސަރުކާރުން އެޅި ފިޔަވަޅު ރަނގަޅެވެ. މިމައްސަލާގައި ފޮޓޯގަނޑެއް އިންޒާރަކަށް ހަދައިގެން ފެތުރި ގަލަމުގެ ވެރިމީހާ ވެސް އެފުތުރީ ފިތުނައެކޭ ނުބުނެވޭނެތޯއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.