ޕްރިންސް ހެރީ
ޕްރިންސް ހެރީ
ދުނިޔެ 06 Jan 2023 | 02:06

ޕްރިންސް ހެރީ، އަފްޣާނިސްތާންގެ 25 މީހުން މަރައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބުނެފި

އިނގިރޭސިވިލާތު ވިލާތުގެ ރަސްދަރިކޮޅަށް ނިސްބަތްވާ ޕްރިންސް ހެރީ، އަފްޣާނިސްތާންގެ 25 މީހުން މަރައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިކަން ތިލަ ވެފައި މިވަނީ، ހެރީ އޭނާގެ ހަޔާތާއި ގުޅޭ ގޮތުން ނެރެން ތައްޔާރުވެފައިވާ އޮޓޯބަޔޮގްރަފީ ފޮތެއްގައި އޭނާ ހާމަކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން އިނގިރޭސި މީޑިއާތަކުން ހޯދި ހޯދުންތަކުންނެވެ.

2007-2008 ވަނަ އަހަރާއި ހަމައަށް ޕްރިންސް ހެރީ މަސައްކަތް ކޮށްފައިވަނީ އަފްޣާނިސްތާންގައި، ކޭމްޕު ޖަހައިގެން ތިބި، އިނގިރޭސި އަސްކަރިއްޔާގެ އެއާރ ކޮންޓްރޯލާ އެއްގެ ގޮތުގައެވެ. އެއަށްފަހު، 2012-2013 ވަނަ އަހަރާއި ހަމައަށް އޭނާ އުޅުނީ އެގައުމުގައި ހަނގުރާމައިގެ ހެލިކޮޕްޓަރެއްގެ ޕައިލެޓް އެއްގެ ގޮތުގައެވެ.

ހެރީ އަފްޣާނިސްތާންގެ އަސްކަރީ ހެލިކޮޕްޓަރު ދުއްވާ އުޅުނުއިރު ނަގާފައިވާ ފޮޓޯއެއް--

އެގޮތުން އެ ހެލިކޮޕްޓަރުގެ ޕައިލެޓް އެއްގެ ގޮތުގައި މަސައްކަތް ކުރި އިރު، އޭނާ ޖުމުލަ 6 "މިޝަން" އެއްގައި ބައިވެރިވެފައިވާ ކަމަށާ، އެ މިޝަންތަކުގެ ތެރެއިން މީހުން މަރާފައިވާ ކަމަށްވެސް، ހެރީ އަންނަ ހަފްތާގައި ނެރެން ތައްޔާރުވެފައިވާ ފޮތުގައި ހާމަކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އަދި އެ މަރާލެވުނު މީހުން މަރާލެވުނު ކަމަށްޓަކައި އޭނާ އެއްވެސް ދެރައެއްވެސް އަދި ލަދެއްވެސް ނުގަންނަ ކަމަށްވެސް ހެރީ ބުނެފައިވާ ކަމަށް ބުނެފައިވެއެވެ.

"އަހަރެންގެ އަދަދަކީ 25. އެއީ އަހަރެން އެއްކޮށް ހިތްހަމަޖެހޭ އަދަދެއްވެސް ނޫން. އެކަމަކު އެއީ އަހަރެން ލަދުގަންނަ ވަރުގެ އަދަދެއްވެސް ނޫން.". ހެރީގެ ފޮތުގައި އޭނާ ލިޔެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފައިވެއެވެ.

ހެރީ މަރާލި މީހުން މެރި ސަބަބު ހާމަކުރަމުން އޭނާ ވަނީ އެކަމާއި 9/11ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާއާއި ގުޅުވާފައެވެ. އެގޮތުން އަފްޣާނިސްތާން މީހުން މަރަށް އޭނާއަށް ހިތްވަރު ލިބުނީ 9/11 ހާދިސާގައި މަރުވި ބައެއް މީހުންގެ އާއިލާތަކާއި އޭނާ ބައްދަލުކުރި ކުރުމުން ލިބުނު ހިތްދަތިކަން ކަމަށް ސިފަވާގޮތަށް އޭނާ ލިޔެފައިވާކަމަށް ބުނެފައިވެއެވެ.

އެގޮތުން އޭނާ ބުނެފައިވާ ގޮތުގައި، 9/11 ހާދިސާގެ ޒިންމާ ނަގަންޖެހޭ މީހުންނާއި، އެމީހުންނަށް ހަމްދަރުދީ ވާ މީހުންނަކީ އިންސާނިއްޔަތު ކަމުގެ ހަތުރުންނެވެ. އަދި އެ މީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަކީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ އެފަދަ ޖަރީމާ ތަކުގެ ބަދަލު ހިފުން ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ވެސް، ހެރީގެ މި ފޮތުގައި، އޭނާގެ ފުރާވަރުގެ ދުވަސް ވަރުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން ބޭނުންކޮށްފައިވާ ކަމަށް ވެސް އޭނާ ބުބެފައިވާކަމަށް އިނގިރޭސި މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އަފްޣާނިސްތާންގައި ޖަރީމާތައް ހިންގުމަށް ފަހު، އެމެރިކާގެ އަސްކަރިއްޔާ އެ ގައުމުން ފައިބާފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެ މުއްދަތުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާ އިންވަނީ 10,000 އަށްވުރެ ގިނަ އަފްޣާނިސްތާން މީހުން މަރާލައިފައެވެ. އޭގެ ތެރޭގައި ގިނައީ އެގައުމުގެ އާއްމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.