ތުރްކިޔޭ އަދި ސީރިޔާ ބިންހެލުން: މަރުވިމީހުންގެ އާއިލާތަކަށް ޤާސިމްގެ ތައުޒިޔާ
ތުރްކިޔޭ އަދި ސީރިޔާ އަށް މިއަދު އައި ދެ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ތައުޒިޔާ ފޮނިއްވައިފިއެވެ.
"ތުރްކިޔޭ، ސީރިޔާ އަދި ލުބްނާން އަދި މި ނޫނަސް އިއްޔެއާއި މިއަދު މިއައި ވަރުގަދަ ބިންހެލުންތަކުގެ އަސަރު ކުރި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުގެ ތައުޒިޔާ ފޮނުވަން، މާތް ﷲ މި ހާދިސާގައި މަރުވި އެންމެހާ ފަރާތްތަކަށް ރަހުމަތް ލައްވަވައި، ސަލާމަތްވި އެންމެނަށް އަވަސް ޝިފާ އާއި ފަސޭހަކަން ދެއްވަވާށި. އާމީން." ޤާސިމް އެއާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މި ބިންހެލުން ތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާވެސް ވަނީ ތައުޒިޔާ ފޮނުވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް