ފިނޭންސް މިނިސްޓަރު އަމީރު/ ފޮޓޯ: މަޖިލިސް
ފިނޭންސް މިނިސްޓަރު އަމީރު/ ފޮޓޯ: މަޖިލިސް
ހަބަރު 06 Mar 2023 | 06:30

މިހާރު ގެންގުޅޭ ޕްލޭން ނޫން އެހެން ގޮތަކަށް ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނެތް: އަމީރު

ދަރަނި ރީސްޓްރަކްޗާ ކުރުމަށް މިހާރު ގެންގުޅޭ ޕްލޭން ނޫން، އެހެން ގޮތަކަށް އެކަން ކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ޤާސިމް އެއްސެވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ.

ޤާސިމް ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް މަޖިލީހުންވެސް ގޮވާލާ ޤަރާރެއް ނެރެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ހޫނު ބަހުސެއްވެސް ކުރެވެމުންދާ ކަމަށެވެ. އެހެންކަމުން މިއީ ދަރަނި ރީސްޓްރަކްޗާ ކުރަން މުނާސަބު ވަގުތުތޯއާއި އެކަން ކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ މެމްބަރު އެއްސެވި އެވެ.

"ރާއްޖެއިން ނަގާފައި ހުރި ދަރަނި ރީސްޓްރަކްޗާކުރަން ވަރަށް ގިނަ ފަރާތްތަކުން އެބަ ގޮވާލާ، އަދި މި މަޖިލީހުގައިވެސް ގަރާރެއް އެބައުޅޭ. މީ އެވަގުތުތޯ؟

ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ޤާސިމް

މެމްބަރުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރަށް ބަލާ އެންމެ ރަނގަޅުގޮތަށް ދަރަނި ދެއްކުމުގެ ކަންކަން ކުރައްވަމުންދާ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އެކަން ކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށެވެ.

"މިހާރު ރާއްޖެއަށް އެންމެ ރަނގަޅު، އަޅުގަނޑުމެންގެ އިގްތިޞާދަށްވެސް އެންމެ ރަނގަޅުވާނެ ގޮތަށް އަޅުގަނޑުމެން ކުރިން ނަގާފައި ހުރި ލޯނުތައް، ދަރަނި އަޅުގަނޑުމެން މިހާރުވެސް މި ދަނީ މާކެޓު ގަބޫލުކުރާނެ ގޮތަށް ރީސްޓްރަކްޗާ ކުރަމުން. އެހެންވީމަ އިތުރަށް އެހެން ގޮތަކަށް ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް"

ފިނޭންސް މިނިސްޓަރު އަމީރު

2013 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް މަޖިލީހުން ދީފައިވާ ލަފަޔާއި އެއްގޮތަށް ސަރުކާރުން އަމަލުކުރުމަށް ގޮވާލާ މަޖިލީހަށް ވަނީ ގަރާރެއް ހުށައަޅާފަ އެވެ.

އެ ގަރާރު ހުށައެޅުއްވީ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ އެވެ. އެ ގަރާރު ހުށައަޅުއްވަމުން އީވާ ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ބަދަލުގައި ސަރުކާރުން ލޯނު ދައްކަން ލޯނު ނަގަމުންދާ ކަމަށެވެ.

އެފަދައިން އެކަން ކުރުމަކީ ހަގީގީ ދަރަނި ދަންތުރައިގައި ރައްޔިތުން ޖެހި ކައިރި މުސްތަގުބަލެއްގައި މާލީ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަން ޖެހޭނެ ނުރައްކާތެރި ކަމެއްކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.

އީވާގެ އިތުރުންވެސް މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ސަރުކާރުން ދަރަނި އަނބުރާ ދެއްކުމަށް ގެންގުޅޭ އުސޫލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ.

އެހެން ނަމަވެސް، މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ދަރަނި ދެއްކުމަށް މިހާރު ސަރުކާރުން އަމަލުކުރަމުންދަނީ އެންމެ ފައިދާބޮޑު ގޮތަށް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.