އައްޑޫ ސިޓީ ހިތަދޫ ހުސްބިމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ރޯވެ އަނދަނީ
އައްޑޫ ސިޓީ ހިތަދޫގައި ޓުއަރިޒަމަށް ދޫކޮށްފައި އޮތް ހުސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ،އެ ސަރަހައްދުގައި އަލިފާނުގެ ހިނގާފައިވަނީ އެތަނުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށެވެ.
އަދި އެ ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 18:45 ހާއިރު ކަމަށާ، މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
މި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް