ޙައްޖު ކޯޕަރޭޝަނަށް 9 ބުރީގެ އިމާރާތެއް ހަދައިދޭނެ ބަޔަކު ހޯދަނީ
ދިވެހިރާއްޖެގެ ޙައްޖު ކޯޕަރޭޗަނުން 9 ބުރީގެ ޢިމާރާތެއް އަޅަން ނިންމައި އެ ޢިމާރާތް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢްލާނުކޮށްފިއެވެ.
ޙައްޖާއި އުމްރާ އަށް މީހުން ގެންދާ ސަރުކާރުގެ ކުންފުނިން ކޮށްފައިވާ އިޢްލާނުގައި ބުނެފައިވަނީ އެކޯޕަރޭޝަނުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 09 ފަންގިފިލާގެ އޮފީސް ބިލްޑިންގ ކޮންޓްރެކްޓާރ ފައިނޭންސް އުސޫލުން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
ވީމާ އެކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 21 މެއި 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ ގައި ކަމަށެވެ.
އަދި މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 08 މެއި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދޭ ކަމަށް އެ ކޯޕަރޭޝަން އިއްލާނުގައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް