އިނގިރޭސި ރަސްގެފާނު ޗާލްސް 3ވަނަ
އިނގިރޭސި ރަސްގެފާނު ޗާލްސް 3ވަނަ
ދުނިޔެ 06 May 2023 | 17:10

ރަސްގެފާނު ޗާލްސް ތިންވަނަ އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ވަޑުވައިފި

އިނގިރޭސި ވިލާތުގެ ރަސްކަމަށް ޗާލްސް ފިލިޕް ޖޯޖް ނުވަތަ ޗާލްސް 3ވަނަ ރަސްމީކޮށް ތަޚުތައް ވަޑުވައިފިއެވެ.

ޗާލްސް ރަސްކަމަށް އިސްކުރުމާއި އެކު އޭނާގެ އަނބިކަނބަލުން ކަމީލާ  އަށް ވަނީ ރާނީ ކަމުގެ ތާޖުވެސް ރަސްމީ އިއްޒަތުގައި އަރުވައިފައެވެ.

އިނގިރޭސި ރާނީ ކަމީލާ

އިނގިރޭސި ވިލާތުގެ އެންމެ ދުވަސްވީ އަދި އެންމެ ތާރީޚީ ސިޓީ ކަމަށްވާ ވެސްޓްމިންސްޓާސްގައި ބޭއްވުނު މި ރަސްމިއްޔާތަށް 2،200 ޢިއްޒަތްތެރިން ވަނީ ވަޑައިގެންފައިވެއެވެ.

ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ މުނާސަބަތުގައި 1.42 މޭލު ސަރަހައްދެއްގައި އަސްކަރީ ހެވިކަމާއި ހުނަރު ދައްކާލުމުގެ ހަރަކާތް އޮންނާނެ ކަމަށް އިނގިރޭސި ޢަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސް 3 ގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތުގައި 19 މިލިޓަރީ ބޭންޑަކާއި. 4000 އަސްކަރީ އޮފިޝަލުން، 250 އަސް އަދި 33 ކޮމަންވެލްތް ޤައުމެއްގެ މަންދޫބުން ވަނީ ބައިވެރި ކުރެވިފައެވެ.

އިނގިރޭސި މީޑިއާ ތަކުން ބުނެފައިވަނީ މިއީ ފާއިތުވި 70 އަހަރުތެރޭގައި ބޭއްވޭނެ އެންމެ ފުރިހަމަ ޢަސްކަރީ ހަރަކާތައް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.