ދަ ޑިމޮކްރެޓްސް ކުލަ އާއި ލޯގޯ ފާސްކޮށްފި
"ދަ ޑިމޮކްރެޓްސް" ނަމުގައި އުފައްދާ އާ ޕާޓީގެ ކުލަތަކާއި ނިޝާން އަދި ލޯގޯ ފާސް ކޮށްފި އެވެ.
ޣިޔާސުއްދީން ސްކޫލުގައި ކުރިޔަށް ގެންދިޔަ ޕާޓީ އުފައްދާ ޖަލްސާ މިރޭ ފެށީ 21:00 ގައި ގަވައިދުގައި ބުނާ 300 އަށް ވުރެ ގިނެ މެމްބަރުންނާއި އެކު އެވެ.
ޕާޓީގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ މެމްބަރުންގެ އަދަދު 500 އިން މައްޗަށް އަރާކަމަށެވެ.
ޕާޓީގެ ނަމުގެ ގޮތުގައި "ދަ ޑިމޮކްރެޓްސް" އަދި ރަމްޒީ ނަމުގެ ގޮތުގައި "ޑިމޮކްރެޓްސް" މި ނަން ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވި 481 މެންބަރުންގެ އިއްތިފާގުންނެވެ.
ޑިމޮކްރެޓްސްގެ ނިޝާނާއި ލޯގޯ ރަމްޒުކޮށްދެނީ ދިވެހި ރުކާއި ދިވެހި ކަނޑުތަކުގެ މުރަކައިގެ ރަމްޒެވެ. ޕާޓީގެ ދިދާގައި ހިމެނެނީ ނޫ ކުލަ އާ ޕާޓީގެ ލޯގޯ އެވެ.
މިރޭ ކުރިއަށް ދިޔަ ޖަލްސާގައި އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީ، އެމްއާރއެމް އަދި ޖޭޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް