މަންޓާ އެއަރގެ ފްލައިޓެއް..-ފޮޓޯ:މަންޓާ އެއަރ
މަންޓާ އެއަރގެ ފްލައިޓެއް..-ފޮޓޯ:މަންޓާ އެއަރ
ވިޔަފާރި 06 Sep 2022 | 05:18

މަންޓާއިން ހޯރަފުއްޓަށް ޗާޓަރު ފްލައިތަކެއް!

މަންޓާ އެއާ އިން ހޯރަފުށީ އެއާޕޯޓަށް ޗާޓަރު ފްލައިޓް ތަކެއް ފަށައިފި އެވެ.

މަންޓާ އެއާގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުބީން ޖަލީލު ރާއްޖޭގެ އޮންލައިން ނޫހެއްކަމަށް ވާ "މި" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ދަތުރުތަކަކީ މަނަފަރު ރިސޯޓުގެ ރިކުއެސްޓަކަށް އަޅާ ޗާޓަރު ދަތުރުތަކެއް ކަމަށާ މި ދަތުރުތައް ދުވާލަކު ދެ ފްލައިޓް އޮންނާނެ ކަމަށެވެ.

މުބީނު އިތުރަށް ވިދާޅުވީ ޝެޑިއުލް ފްލައިޓުތަކެއް އެޅުމުގެ މަޝްވަރާތައްވެސް ފަށާފައިވާކަމަށެވެ. މި ވަގުތު ޗާޓަރު ފްލައިޓުތައް އޮތް ނަމަވެސް އެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޗާޓަރު ފްލައިޓްތަކެއް ނަމަވެސް އާއްމުންނަށް ދަތުރު ކުރަން ވެސް ޓިކެޓު ލިބޭނެ ކަމަށެވެ.

މިހާތަނަށް މަންޓާއިން ޓިކެޓުވިއްކާ އަގެއް ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި މަންޓާއިން ހޯރަފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގަކީ 1600 ރުފިޔާއެވެ.

މަންޓާ އިން ކުޑަހުވަދޫ އާއި މާލެ އަދި ސ. ގަމަށްވެސް ދަތުރު ކުރެ އެވެ. އަދި މި ކުންފުންޏަކީ ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދޭ ވެސް ކުންފުންޏެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެންމެފަހުން މަންޓާ އެއާ މުއައްޒަފުންވެސް ހަޅުތާލަކާ ދިމާލަށްދަނީތަ؟
22 Jul 2025 ހަބަރު

އެންމެފަހުން މަންޓާ އެއާ މުއައްޒަފުންވެސް ހަޅުތާލަކާ ދިމާލަށްދަނީތަ؟

މަންޓާ އެއާލައިނުގެ މުއައްޒަފުންގެ މުސާރައިގެ އެއްބައި ރުފިޔާއިން ދޭ މައްސަލާގައި އެންމެފަހުން އެކުންފުނީގެ މުއައްޒަފުންވެސް ހަޅުތާލަކާ ދިމާލަށް ދިއުމުގެ ބިރުބޮޑުވެއްޖެއެވެ. ރުފިޔާއިން މުސާރަދޭން ނިން...

މަންޓާ އެއާގެ މުވައްޒަފުންގެ މުސާރައިގެ އެއްބައި ދިވެހި ރުފިޔާއިން ދެނީ!
17 Apr 2025 ހަބަރު

މަންޓާ އެއާގެ މުވައްޒަފުންގެ މުސާރައިގެ އެއްބައި ދިވެހި ރުފިޔާއިން ދެނީ!

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އެއްބައި ދިވެހި ރުފިޔާއި ން ދިނުމަށް އެ އެއާލައިނުން ނިންމައިފިއެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ...

ދ.އެއާޕޯޓުން ސީދާ އިންޑިއާއަށް މަންޓާ އެއާގެ ދަތުރުތައް ފަށައިފި
17 Feb 2024 ވިޔަފާރި

ދ.އެއާޕޯޓުން ސީދާ އިންޑިއާއަށް މަންޓާ އެއާގެ ދަތުރުތައް ފަށައިފި

ދ.އެއާޕޯޓުން ސީދާ އިންޑިއާއަށް މަންޓާ އެއާގެ ދަތުރުތައް ފަށައިފިއެވެ. އެގޮތުން މަންޓާއެއާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓް އިންޑިއާގެ ބެންގަލޫރުން ފުރައިގެން ސީދާ ދާލު އެއާޕޯޓަށް އިއްޔެ ވަނީ ޖައްސާފ...

ވިއްސާރައިގައި މަންޓާ އެއާގެ ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
12 Jan 2024 ހަބަރު

ވިއްސާރައިގައި މަންޓާ އެއާގެ ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މަންޓާ އެއާގެ ބޯޓަކަށް ބޮޑު ގެއްލުންތަކެއް ވެއްޖެއެވެ. މަންޓާ އެއާއިން ބުނީ މިހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި ގެއްލުން ލިބުނު ބޯޓު ...

މަންޓާ އެއަރގެ ދަތުރުތައް އިންޑިޔާއަށް ފަށަނީ!
30 Nov 2023 ހަބަރު

މަންޓާ އެއަރގެ ދަތުރުތައް އިންޑިޔާއަށް ފަށަނީ!

ރާއްޖޭގެ އަމިއްލަ އެއާލައިން، މަންޓާ އެއާއިންގެ ދަތުރުތައް އިތުރަށް ފުޅާކޮށް އެ އައެއަރލައިންސް ގެ ދަތުރުތައް އިންޑިއާގެ ބެންގަލޫރަށް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް މަންޓާ އެއަެލައިންސް އިން ބ...

ޙިދުމަތް ފުޅާކުރުމަށް މަންޓާ އެއަރއަށް އިތުރު 12 ސީ-ޕްލޭން ގެންނަނީ
14 Dec 2022 ހަބަރު

ޙިދުމަތް ފުޅާކުރުމަށް މަންޓާ އެއަރއަށް އިތުރު 12 ސީ-ޕްލޭން ގެންނަނީ

މަންޓާ އެއަރގެ ސީޕްލޭން އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި، 12 ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މަންޓާ އިންދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް 12 ޑީ.އެޗް.ސީ 6، ޓުވިން އޮޓޯ އެއަރ ކްރާފްޓް ކ...