މާލެސިޓީ ކައުންސިލް އެމްޑީޕީ މެންބަރު ޒަމީރް ޕީޕީއެމާ ގުޅިއްޖެ
މާލެ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ޕީޕީއެމަށް ސޮއި ކުރައްވައިފި އެވެ.
މިއަދު ޕީޕީއެމަށް ސޮއި ކުރެއްވުމަށްފަހު ޒަމީރު ވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު އަށް ތާއީދު ކުރައްވައި، އެމަނިކުފާނުގެ ކެމްޕެއިންގައި ބައިވެރިވެފައެވެ.
ޒަމީރް މިއަދު ޕީޕީއެމް އާ ގުޅިވަޑައިގެންފައިވާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންގެންދަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އެގޮތުން ރައީސް ޔާމީން ޖަލުގައި ބޭއްވުުމާއި ގުޅިގެންވެސް ޒަމީރުވަނީ އަޑު އުފުލާފައެވެ. އަދި ފާއިތުވީ ރަމަޟާންމަހުގައިވެސް ރައީސް ޔާމީން ޖަލުގައި ބޭއްވުުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.
މިފަހަކަށް އައިސް އެމްޑީޕީއަށް ނިސްބަތްވާ ގިނަ ކައުންސިލް މެމްބަރުން ޕީޕީއެމް އާ އެކި ރަށް ރަށުން ގުޅެމުންދާ ކަން ފާހަގަ ކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް