މަހުޖަނު އީލޮން މަސްކް
މަހުޖަނު އީލޮން މަސްކް
ދުނިޔެ 06 Nov 2022 | 08:15

ޓްވިޓާ ވެރިފިކޭޝަނަށް މަހަކު 8 ޑޮލަރު ނަގަން ފަށައިފި

ޓްވިޓާގެ ވެރިފިކޭޝަނަށް މަހަކު 7.99 ޑޮލަރު ނަގަން ނިންމި ނިންމުން ހަގީގަތަކަށް ހަދައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެޕަލްގެ ޑިވައިސްތަކަށް އައި އެންމެ ފަހުގެ އަޕްޑޭޓާއެކުއެވެ. އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށް ހޮނިހިރު ދުވަހު ޓްވިޓާ އިން ދިން އަޕްޑޭޓެއްގައި ބުނީ "މިހާރު ސައިން އަޕް" ކުރާ މީހުންނަށް "މިހާރު ވެސް ފޮލޯކުރާ ސެލެބްރިޓީންނާއި ކުންފުނިތަކާއި ސިޔާސީ މީހުން ފަދައިން" އެ މީހުންގެ ނަމުގެ ކައިރީގައި ނޫ ކުލައިގެ ޗެކް ލިބޭނެ ކަމަށެވެ. އަދި ޓްވިޓާގެ ވެރިފިކޭޝަން ހޯދުމަށް އެދޭ ކޮންމެ ޓްވިޓަރ ޔޫޒަރ އަކު، މަހަކު 7.99 ޑޮލަރު ދައްކަން ޖެހޭނެއެވެ.

ވެރިފައިޑް އެކައުންޓުތަކުން ފީ ނެގުމަށް ޓުވިޓާގެ ވެރިފަރާތް އީލޮން މަސްކް ނިންމި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުންތައްވަނީ އަމާޒުވެފައެވެ. އެގޮތުން، ޓްވިޓަރގެ ޕޮލިސީއަށް ގެނައި މިބަދަލާއެކު ޓްވިޓަރ ބޭނުންކުރާ ފަރާތްތަކުގެ ތެރޭގައި ފޭކް ނުވަތަ ބޮޓް އެކައުންޓްތައް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ. އަދި ސަރުކާރުގެ ފަރާތްތަކާއި، މަޝްހޫރު ނުފޫޒުގަދަ އެކި ފަރާތްތަކާއި، ނޫސްވެރިންނާއި، ބްރޭންޑްތައް ނަމުގައި ތައްޔާރުކުރާ ފޭކް އެކައުންޓަކުންވެސް މަހު ފީއެއް ދައްކައި ޓްވިޓާ ވެރިފައި ކުރެވިދާނެކަމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ.

އެހެންނަމަވެސް، އެފަރާތްތަށް ރައްދުދީ އޭނަވަނީ އެކަން ކުރާނެ ކަމަށް މީގެ ކުރިންވެސް ބުނެފައެވެ. އަދި މި ފީއާއެކު ވެރިފައިކުރާ މީހުންނަށް، ރިޕްލައި ކުރުމާއި ސާޗުކުރުމާއި ދިގު ވީޑިއޯ/އޯޑިއޯ ލެވޭނެ ގޮތް ހަދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެކުރިން، ޓްވިޓާގެ ވެރިފިކޭޝަނާއެކު ލިބޭ ބްލޫ ޓިކް ލިބެނީ ހަމައެކަނި މަތީ ފެންވަރުގެ ނުވަތަ ނުފޫޒުގަދަ ފަރާތްތަކާއި، ޖަމިއްޔާތަކަށް - އެމީހުންގެ އައިޑެންޓިޓީ ސާބިތު ކުރުމާއެކުއެވެ. ވެރިފައި ކުރުމާއެކު، އެޓްވިޓަރ ޔޫސަރ އަކީ ސައްހަ އެއްޗެއް ކަމުގެ ނިޝާނެއްގެ ގޮތުގައި ފާހަގަވެގެން ދިއުމާއި، ޓްވިޓަރ މެދުވެރިކޮށް އިތުބާރު ހުރި މައުލޫމާތު ދެނެގަތުމަށް އެހީތެރިވެދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.