ކުޅުދުއްދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ހދ. ކުޅުދުއްފުށީ ގައި ޑްރަން ޓްރަކް އަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުޅުދުއްފުށީގައި ޑްރަމް ޓްރަކް އަކާއި ކާރެއްޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 11:30 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާ، އެހެން ނަމަވެސް އެ ދެ އުޅަދަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށީގެ އެކްސިޑެންޓާއި ގުޅޭ ފޮޓޯ މީސްމީޑިއާގައި ޢާއްމު ވެފައިވާއިރު, ދެ އުޅަނދު ޖެހުމުގެ ސަބަބުން ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް