ދިއްގަރު ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ 2 މީހަކަށް އަނިޔާވެއްޖެ
މ. ދިއްގަރު ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ 2 މީހަކަށް ބޮޑެތި އަނިޔާ ތަކެއް ލިބިއްޖެއެވެ.
ދިއްގަރު ކައުންސިލްގެ ރައީސް އަހްމަދް ނިޝާން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނު 9:50 އެހާއިރު ކަމަށެވެ. އެވަގުތު ލޯންޗުއް އެއްޗެއް ގޮވި އަޑު މުޅި ރަށުތެރެއަށް އިވުނު ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވީ ލޯންޗުގެ ކައްޕިއާއި އިތުރު ފަޅުވެރިއަކަށެވެ. އަލިފާނުގެ ސަބަބުން އެކެއްގެ ފައި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ކައުންސިލްގެ ރައީސް ނިޝާން ވިދާޅުވިއެވެ. އަދި މިހާރު އެ ދެމީހުން އެމެޖެންސީގައި މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އެދެމީހުންނަށް ފަރުވާ ދެވެމުން ދާކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.
ދިއްގަރު ކައުންސިލްގެ ރައީސް ވިދާޅުވީ މިކަމަކީ ބަޔަކު ގަސްދުގައި ގެއްލުމެއް ދިނުމަށް ކުރިކަމެއް ނޫން ކަމަށާއި ލޯންޗުގައި ރޯވީ ލޯންޗު ސްޓާޓްކުރުމުގެ ތެރެއިން ދިމާވި ކަމެއްގެ ސަބަބުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް