މެމްބަރު ޝަފީގު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
މެމްބަރު ޝަފީގު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު 07 Mar 2023 | 08:19

ޤާނޫނީ ހައިސިއްޔަތެއް ކޯލިޝަން ސަރުކާރަކަށް ނެތް: ޝަފީގު

ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަކީ ޤާނޫނު އަސާސީ ތަންދޭ ކަމެއް ނޫން ކަމަށާއި، ޤާނޫނީ ހައިސިއްޔަތެއް ކޯލިޝަން ސަރުކާރަކަށް ލިބިގެން ނުވާކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުالله ޝަފީގު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝަފީގު މިފަދައިން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ހުށައެޅި އިސްލާހަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ނެވެ.

ޝަފީގު ވިދާޅުވީ ގާނޫނުތަކަށް ގެނެވޭ އިސްލާހުގެ ބޭނުން ހިފޭ މިންވަރު އެނގޭނީ އިސްލާހުތައް ގެނެސް، އިސްލާހުތަކަށް އަމަލުކުރަން ފެށުމުން ކަމަށެވެ. އަވަސް އަވަހާ އިސްލާހުތައް ހުށައަޅައި ބަދަލު ގެންނަސް ޖެހުނަސް އެއީ ކުރަން ޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު ޝަފީގު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށާ، ކޯލިޝަނަކާއެކު ވެރިކަމަށް އައުމަށް މިސްރާބު ޖަހާފައިވާއިރު، އެއީ އަދި ޤާނޫނީ ގޮތުން ސަރުކާރެއް އުފެއްދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމެއް ނޫން ކަމަށެވެ.

ކޯލިޝަނަކީ ގާނޫނު ދަންނަ އެއްޗަކަށް ނުވި ނަމަވެސް މިހާތަނަށް ފެހި ގާނޫނު އަސާސީގެ ދަށުން އުފެދުނު ކޮންމެ ސަރުކާރެއްވެސް އުފައްދާފައިވަނީ ކޯލިޝަނާއެކުގައިކަން ޝަފީގު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ޝަފީގު ވިދާޅުވީ ޤާނޫނީ ހައިސިއްޔަތެއް ކޯލިޝަން ސަރުކާރަށް ނުލިބޭ ކަމަށެވެ.

"ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު. އަޅުގަނޑުމެން ބަދަލުތަކެއް ގެންނަން ޖެހޭނަމަ ގާނޫނު އަސާސީއަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭނަމަ އެ ބަދަލުތައް ގެންނަން ޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި މިއަދު އިވެނީ ކޯލިޝަން ހަދާ ވާހަކަ، އެހެން ނަމަވެސް އަޅުގަނޑުމެންގެ ގާނޫނު އަސާސީގައި އެޔަކަށް ނެތް އެއްވެސް ފުރުސަތެއް. އަޅުގަނޑު ދެކޭގޮތުގައި ހަގީގަތުގައި މިއަދަކު ކޯލިޝަން ސަރުކާރަކަށް ގާނޫނީ ހައިސިއްޔަތެއް ނެތް"

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުالله ޝަފީގު

ޝަފީގު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ކޯލިޝަނަކީ ގާނޫނުން ތަންދޭ ކަމަކަށް ހެދުމުގެ މުހިންމުކަން ބަޔާން ކުރެއްވުމަށެވެ. އަދި ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ކޯލިޝަން ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ހޯދުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރުމަކީ މިހާރަށް މުހިންމުކަމެއްކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ކޯލިޝަން ސަރުކާރު ހެދޭނެ ގާނޫނީ ހަމަތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތުން މުހިންމުކަމަށް ޝަފީގުގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.