މަސްތުވާތަކެތި އެތެރެ ކުރި ކަމަށް މައުލޫމާތު ލިބި އޮޕަރޭޝަނެއް ހިންގައިފި
ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން އެތަކެތި އަތުލައި ގަތުމަށް އޮޕަރޭޝަނެއް ހިންގައިފިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން މާރޗް 4 ގައި އެތަކެތި އަތުލައިގަތުމަށް، މާލޭ ގައި އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި މާލޭގެ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި ދިވެހި ފަސް ފިރިހެނަކު ހައްޔަރުކޮށް 4.097 ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓައި ފުލުހުންނަށް ފެނިފައިވާ ކަމަށް ހަމީދު ވިދާޅުވެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް