ހުމާމް މަރަން ކުރި ހުކުމް މުރާޖައާ ކުރަން އެދިއްޖެ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ މައްސަލައާއި ގުޅިގެން މަރަން ހުކުމްކޮށްފައިވާ ހ.ލޮބީ، ހުސައިން ހުމާމުގެ މައްޗަށް ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝިމް އަވަހާރަ ކޮށްލި މައްސަަލައިގައި ހުމާމްގެ މައްޗަށް ޤިޞާޞްގެ ހުކުމް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.
އަދި ސުޕްރިމް ކޯޓާއި ހައިކޯޓުންވެސް ވަނީ އެ ހުކުމް ދަމަހައްޓާފައެވެ.
ހުމާހުގެ މައްޗަށް އިއްވާފައިވާ ހުކުމް މުރާޖައާ ކުރުމަށް މިދިޔަ މަހުގެ ތެރޭގައި ސުޕްރީމްކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.
ޑރ. އަފްރާޝިމް އަވަހާރަ ކޮށްލި މައްސަލައަށް އިންސާފު ހޯދައިދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް