ތްރެޑްސް އާއި ޓުވިޓާގެ އައިކޮން
ތްރެޑްސް އާއި ޓުވިޓާގެ އައިކޮން
ދުނިޔެ 07 Jul 2023 | 05:24

"ތްރެޑްސް"އާ ގުޅިގެން ޓުވިޓާއިން މެޓާއާއި ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފި!

މެޓާއިން އަލަށް އުފެއްދި، ޓުވިޓާ އާއި ދާދި އެއްގޮތް "ތްރެޑްސް" އެޕްލިކޭޝަނާއި ގުޅިގެން ޓުވިޓާއިން މެޓާއާއި ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރެއް ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެގޮތުން، ފާއިތުވި ބުދަ ދުވަހު، މެޓާގެ ސީއީއޯ، މާކް ޒުކަބާގަށް، ޓުވިޓާގެ ލޯޔަރު ކަމަށްވާ އެލެކްސް ސްޕިރޯ ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، ޓުވިޓާގެ ކުރީގެ މުވައްޒަފުންގެ އެހީގައި، އެ ކުންފުނީގެ ވިޔަފާރީގެ ސިއްރު ތަކާއި އެހެނިހެން އިންޓެލެކްޗުއަލް ޕްރޮޕަޓީ ތަކުގެ އަލީގައި، ޓުވިޓާގެ "ކޮޕީ ކެޓް" ނުވަތަ ނަކަލެއް މެޓާއިން އުފައްދާފައިވާ ކަމަށެވެ.

އަދި އެކަން ކުރުން ހުއްޓާލުމަށް ގޮވާލަމުން ޓުވިޓާއިން ވަނީ ހުއްޓާ ނުލައިފިނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓުވިޓާގެ މި އިންޒާރުގެ ސިޓީއަށް ރައްދުދީ، މެޓާ ކުންފުނީގެ ތަރުޖަމާނު އެންޑީ ސްޓޯން ފޮނުވި ސިޓީއެއްގައި، އޭނާ ވަނީ، "ތްރެޑްސް ގެ އިންޖީނިއަރިން ޓީމުގައި ޓުވިޓާގެ ކުރީގެ މުވައްޒަފެއް ނެތް ކަމަށް" ބުނެފައި ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ.

މިމައްސަލާގައި މެޓާގެ ސީއީއޯ، މާކް ޒުކަބާގް ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، މިކަމާއި ގުޅިގެން އީލޮން މަސްކު ކޮށްފައިވާ ޓުވީޓެއްގައި އޭނާ ބުނީ، "ވާދަ ކުރުމަކީ މައްސަލައެއް ނޫން" ކަމަށާ "އެކަމަކު މަކަރު ހެދުމަކީ މައްސަލައެއް" ކަމަށެވެ.

މެޓާއިން ތްރެޑްސް ލޯންޗް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ. މި އެޕްލިކޭޝަން ލޯންޗް ކުރިތާ ހަތަރު ގަޑިއިރު ތެރޭ ފަސް މިލިއަނަށްވުރެ ގިނަ މީހުން މި އެޕްލިކޭޝަނާއި ގުޅިފައިވާއިރު، މިހާރު އެ އަދަދު 30 މިލިއަނަށްވުރެ ވަނީ ގިނަވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.