ކަންނެލި މަސްވެރިއެއް ހަރަކާތްތެރިވަނީ/ ފޮޓޯ: އިންޓަނެޓް
ކަންނެލި މަސްވެރިއެއް ހަރަކާތްތެރިވަނީ/ ފޮޓޯ: އިންޓަނެޓް
ހަބަރު 07 Jul 2023 | 12:14

ފަޅުވެރިން ލިބުން ދަތިވެ ދޯނިފަހަރު ފުރަން ދަތިވެއްޖެ: ކަންނެލި މަސްވެރިންގެ ޔޫނިއަން

ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިކަން ހީނަރުވަމުން އަންނަކަން ފާހަގަކޮށް ކަންނެލި މަސްވެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެގޮތުން ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ ރަސްމީ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކަންނެލި މަސްވެރިކަން ކުރުމަށް މިހާރު ފަޅުވެރިން ހޯދުމަކީ ވެސް ދަތިކަމަކަށް ވެފައިވާ ކަމަށެވެ. އަދި އެ ސަބަބާއި ހުރެ ދޯނިތަކަށް ފުރުން ވެސް ދަތިވެފައިވާކަން ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރި އެވެ.

އެއާއެކު އެ ޔޫނިއަނުން ވަނީ މަސްވެރިކަން ރަނގަޅުކުރުމަށް ފިޝަރީޒް މިނިސްޓަރު އެކަށީގެންވާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ނުދާކަން ފާހަގަކުރައްވާ މިނިސްޓަރާއި މުހިންމު ސުވާލުތަކެއް ވެސް ކޮށްފަ އެވެ.

"ކަންނެލި މަސްވެރި ކަން ކުރިއަރުވާ ޒުވާނުން މި ދާއިރާއަށް ޝައުގުވެރި ކުރުވަން ވަޒީރު ކުރެއްވީ ކޮންކަމެއްތޯ؟ކަންނެލި މަސްވެރިންނަށް ލިބޭ މަންފާ އިތުރު ކުރަން ކުރެއްވީ ކޮންކަމެއްތޯ؟"

ބީ.ކޭ.އެމް.ޔޫ

ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން މިފަދައިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މަސްވެރި މޫސުމުގައި މަސް ކިރުމާއި، ތާޒާކަންމަތީ މަސް ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް އައިސް ނުލިބޭކަމުގެ ޝަކުވާތައް ވެސް މަސްވެރިން ދަނީ ކުރަމުންނެވެ.

އެގޮތުން ފާއިތުވި 3 އަހަރު މަސްވެރިންގެ ދުވަހާއި ދިމާކޮށް މަސްވެރިން ވަނީ ކަނޑުމަތީގައި އިހުތިޖާޖުކޮށްފަ އެވެ.

މި ސަރުކާރަކީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެގެން އައި ސަރުކާރަކަށް ވާއިރު، މިހާތަނަށް މަސްވެރިންގެ މައްސަލަތައް ޙައްލުކޮށް، މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ވީ މުހިންމު ވައުދުތައް ފުއްދާފައި ނުވާ ކަމަށް ބުނެ މަސްވެރިން ގެންދަނީ ޝަކުވާ ކުރަމުންނެވެ.

މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރޭގައި، މަހަށް ހަމަ އަގު ހޯދައިދިނުމާއި، ކަންނެލި ޖަގަހަތައް ޤާއިމްކުރުމާއި، ގޭދޮށު މަސް ފެކްޓްރީ ބިނާކުރުމުގެ އިތުރުން މަސްވެރިން ބާނާ މަހަށް ޑޮލަރުން ފައިސާ ދިނުންފަދަ މުހިންމު ގިނަ ވައުދުތަކެއް ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވައުދުވި ގޮތަށް މަހަށް ހަމަ އަގު ހޯދައި ނުދެވުނުތާގައި، ބާނާ މަސްކޮޅަށް ފައިސާ ނުދީ އެތައް މަހެއްވަންދެން ދިގުދަންމާކަމުގެ ޝަކުވާތައްވެސް މަސްވެރިން ދަނީ ކުރަމުންނެވެ. އަދި އެފަދަ ގިނަ ސަބަބުތަކާއި ހުރެ މަސްވެރިކަމުގެ ސިނާއަތް މި ވެރިކަމުގައި ވަރަށް ބޮޑަށް އަޑިއަޅާލާފައިވާކަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.