ދަރަވަންދޫއާއި ދިމާއިން މުދާއުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ
ބ.އަތޮޅު ދަރަވަންދޫއާއި ދިމާއިން މުދާއުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ބުނެފައިވަނީ އަޑިއަށް ގޮސްފައިވަނީ މާލެ އިން ބ.އަތޮޅަށް ދަތުރު ކުރި މުދާއުފުލާ ދޯންޏެއް ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މި ދޯނި އަޑިއަށް ދާކަމުގެ މަޢުލޫމާތު ލިބިފައިވަނީ ހެނދުނު 10:40 އެހާއިރު ކަމަށާއި އެދޯންޏަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
ފުލުހުން ބުނީ އެދޯނިން ދަތުރު ކުރި އެންމެންވެސް ފުލުހުންގެ ލޯންޗަށް ނަގައިފައިވާކަމަށެވެ. އަދި އެއީ ދިވެއްސަކާއި 12 ބިދޭސީން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެއެންމެންގެ ޙާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް