ސްނޯކްލިން އަށް ގޮސް އޮތް ފަތުރުވެރިއެއް ގައިގައި ޑިންގީ އަކުން ޖެހިއްޖެ!
އއ. ތޮއްޑޫ ކައިރިއަށް ސްނޯކްލިންއަށް ގޮސް އޮތް ފަތުރުވެރިއެއް ގައިގައި ޑިންގީ އަކުން ޖެހިއްޖެއެވެ.
ފުލުހުން ބުނީ، އއ. ތޮއްޑޫ ކައިރިއަށް ސްނޯކްލިންއަށް ގޮސް އޮތް ފަތުރުވެރިއެއް ގައިގައި، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ޑިންގީ އަކުން ޖެހިފައިވާ ކަމުގެ މައުލޫތު މިއަދު 17:15 ހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އަނިޔާވެފައިވަނީ ރަޝިއާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއަކަަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
އެ އަންހެން މީހާ އިތުރު ފަރުވާ އަށް މާކެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އޭނާއަަށް ލިބިފައިވާ އަނިޔާ ތަކާއި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް