ދިވެހި ހައްޖާޖީން ފުރުމަށް އެއަރޕޯޓުގައި/ ފޮޓޯ: ސަން
ދިވެހި ހައްޖާޖީން ފުރުމަށް އެއަރޕޯޓުގައި/ ފޮޓޯ: ސަން
ހަބަރު 07 Nov 2022 | 05:41

1443 ވަނަ އަހަރު ހައްޖުކޯޕަރޭޝަނުން މައްކާ ހޮޓަލަށް 39 މިލިއަން!

1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި މައްކާ ހޮޓަލުގައި ތިބި 23 ދުވަހަށް ހައްޖު ކޯޕަރޭޝަނުން 39 މިލިއަން ޚަރަދުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިފަދައިން ހާމަކޮށްފައިވަނީ 1443 ވަނަ އަހަރު ހއްޖު ކޯޕަރޭޝަނުން މައްކާ އަދި މަދީނާއަށް ކުރި ދަތުރުތަކަށް ކުރި ޚަރަދުގެ ތަފްސީލު ހޯދުމަށް މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ކުރި ސުވާލަށް ލިޔުމުން ޖަވާބު ހުށައަޅުއްވަމުންނެވެ.

ބޮންޑާ ވަނީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުން މައްކާ އަދި މަދީނާގެ ހޮޓާތަކަށް ކުރި ޚަރަދުގެ ތަފްސީލު ކޮންމެ ހޮޓަލެއްގައި ހޭދަވި ދުވަހާއެކު ބަޔާންކޮށްދިނުމަށް އިސްލާމިން މިނިސްޓަރުގެ އަރިހުން އެދިފައެވެ. އަދި މުޠއައްވިފަށް ދެއްކި ފައިސާގެ އަދަދާއި ހައްޖަށް ދިއުމަށް އާންމުން ދެއްކި ފައިސާގެ އިތުރުން މި ދަތުރަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާނަމަ އެކަމުގެ ތަފްސީލުތައް ހާމަކޮށްދެއްވުމަށްވެސް ބޮންޑާ ވަނީ އެދިފައެވެ.

ބޮންޑާގެ އެ ސުވާލުތަކަށް ލިޔުމުން ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ އަލީ ޒާހިރު ވިދާޅުވީ 1443 ވަނަ އަހަރުގެ މައްކާ ދަތުރުގައި މާއްކާ ހޮޓަލުގައި ހޭދަކޮށްފައިވާ 23 ދުވަހަށް މޯލްޑިވސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މައްކާ ހޮޓަލަށް ތިރީސް ނުވަ މިލިއަން ހަލައްކަ ނުވަދިހަ ދެހާސް ހަތް ސަތޭކަ އައްޑިހަ ފަސްރުފިޔާ ތިރީސް ނުވަ ލާރި ހޭދަކޮށްފައިވާކަމަށެވެ.

އެ އަހަރުގެ ހައްޖު ދަތުރުގައި މަދީނާ ހޮޓަލުގައި ހޭދަކޮށްފައިވާ 2 ދުވަހަށް ހައްޖު ކޯޕަރޭޝަނުން އެއްމިލިއަން އައްލައްކަ ހަތްހާސް ހަސަތޭކަ ނުވަދިހަ ދެރުފިޔާ ފަސްލާރި ޚަރަދުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

އެދަތުރުގައި މުޠައްވިފަށް ކޮށްފައިވާ ޚަރަދުގެ ޖުމްއަކީ ދިހަމިލިއަން ހަލައްކަ  ސާޅީސްހަތަރުހާސް ތިންސަތޭކަ ތިރީސްދެރުފިޔާ ނުވަދިހަނުވަލާރި ކަންވެސް މިނިސްޓަރު ވަނީ ބަޔާންކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ އެ ދަތުރުގައި އަމިއްލަގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތެއް ހައްޖުކޯޕަރޭޝަންގެ ފަރާތުން ގެންގޮސްފައި ނުވާނެކަމަށެވެ. އަދި އެ އަހަރުގެ ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހޭދައެއް ކޮށްފައި ނުވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.