އަރަބިއްޔާ ބެލެނިވެރިން އިހްތިޖާޖް ކުރަނީ-- ފޮޓޯ: އަރަބިއްޔާ ފެމިލީ
އަރަބިއްޔާ ބެލެނިވެރިން އިހްތިޖާޖް ކުރަނީ-- ފޮޓޯ: އަރަބިއްޔާ ފެމިލީ
ހަބަރު 07 Nov 2022 | 06:15

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް!

ޢަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް ޝުޖާއު ޢަބްދުލް ރަހީމް އެ ސުކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުން ވަކިކޮށް އެ ސުކޫލު ހިންގުން އިސްކަންދަރު ސުކޫލް ޕްރިންސިޕަލް ހުސައިން ސަޢީދާއި ހަވާލު ކުރުމާއި ގުޅިގެން އަރަބިއްޔާގެ ބެލެނިވެރިން މިއަދުވެސް އިހްތިޖާޖް ކުރަންފަށައިފިއެވެ.

ވެލާނޭ ބިލްޑިންގ ކައިރީގައި މިއަދު ހެނދުނުން ފެށިގެން ކުރަމުން ދާ މި އިހުތިޖާޖު ގައި އެކި ޝުއޫރުފާޅުކޮށްފައިވާ ލިޔުންތައް ވެސް ހިފައިގެން ތިބެ ގިނަ ބެލެނިވެރިން އަންނަނީ ޕްރިންސިޕަލް ޝުޖާއު އެނބުރި އެ ސުކޫލަށް ގެނައުމަށް ގޮވާލައި އަރަބިއްޔާގެ ހައްގުގައި އަޑު އުފުލަމުންނެވެ.

މީގެ އިތުރުން ، އަރަބިއްޔާއާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ އާއި ހިއްސާ ކުރުމަށް އެ ސުކޫލުގެ ބެލެނިވެރިން ވަނީ މިއަދު މިނިސްޓްރީ އަށްވެސް ގޮއްސައެވެ. ބެލެނިވެރިން މިނިސްޓަރ އާއި ބައްދަލު ކުރަން މަސައްކަތް ކުރާތާ ދެ ހަފްތާ ވީއިރުވެސް މިނިސްޓަރު ބުރަ ކަމުން އަދިވެސް ބައްދަލު ކުރެވިފައި ނުވާ ކަމަށް އެ ސުކޫލު ބެލެނެވެރިން ބުނެއެވެ.

އަރަބިއްޔާގެ ޕްރިންސިޕަލް ބަދަލުކުރިކަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ، ޢަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން، 7 ނޮވެންބަރު 2022 އިން ފެށިގެން ޢަރަބިއްޔާ ސްކޫލުގެ ހިންގުން ވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ އެ މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީން މިފަދައިން ބުނި ނަމަވެސް، އަރަބިއްޔާގެ ހައްގުގައި މަސައްކަތް ކުރާ އެ ސުކޫލުގެ އިސް ބެލެނިވެރިން މައުލޫމާތުދޭ ގޮތުގައި ޢަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް މަގާމުން ވަކިކޮށްފައިވަނީ އެ ސުކޫލުގެ ބެލެނިވެރިން ހިންގާ "ސޭވް އަރަބިއްޔާ" ކެންޕެއިން ހުއްޓުވުމަށް މަސައްކަތް ނުކޮށް، އެ ބެލެނިވެރިންނާއި އެކީގައި ޕްރިންސިޕަލް ވެސް ހުރިކަމަށް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަބިއްޔާގެ ޕްރިންސިޕަލް ބަދަލުކޮށްފައިވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ޕްރިންސިޕަލްގެ މަގާމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.