ދެމަސްވެސް ނުވަނީސް ޖޭޕީ ދޫކޮށް މަރިޔަމް ނިޝާ އެމްޑީޕީއަށް!
ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި، މަރިޔަމް ނިޝާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރިތާ ދެމަސް ނުވަނީސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ނިޝާ އެމްޑީޕީއަށް ސޮއިކުރިކަން އަންގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަހީދު ވަނީ މިއަދު ޓްވީޓެއްކުރައްވާފައެވެ.
މަރިޔަމް ނިޝާ ޖުމުހޫރީ ޕާޓީ އާ ގުޅުނީ މިދިޔަ ސެޕްޓެމްބަރު ފަހު 18 ވަނަ ދުވަހުގައެވެ. އެއަށްފަހު، އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާ ޕާޓީ ބަދަލު ކުރި ސަބަބު އާއްމު ކޮށްފައި ނުވާއިރު، އާއްމު ގިނަ ފިލްމު ކުޅޭ މީހުންނަކީ، ފިލްމީ ހަޔާތަށްފަހު ސިޔާސީ އެކި ޕާޓީތަކުން ފެންނަމުންދާ ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން، ރީކޯ މޫސާ މަނިކާއި، މުހައްމަދު (މުހައްމާ ކަލޯ) އާއި، އެ ނޫންވެސް ގިނަ ފިލްމުކުޅޭ މީހުން އަންނަނީ ސިޔާސީ ދާއިރާއިން ފެންނަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް