ސްރީލަންކާގެ ކުރީގެ ވެރިން
ސްރީލަންކާގެ ކުރީގެ ވެރިން
ދުނިޔެ 11 Sep 2025 | 03:31

ސްރީލަންކާގެ ކުރީގެ ރައީސުންނަށް ދައުލަތުން ކުރާ ބޮޑެތި ހޭދަތައް އެންމެފަހުން ނިމުމަކަށް

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އަވައްޓެރި ސްރީލަންކާގެ ކުރީގެ ރައީސުންނަށް ދައުލަތުގެ ބައިތުލްމާލުން ކުރާ ބޮޑެތި ހޭދަތައް އުނިނުކުރުމަށް ހުށަހަޅާފައިވާ ބިލް އެންމެފަހުން ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މި ބިލް ފާސްކުރީ އެންމެ މެމްބަރެއް ފިޔަވައި ދެންތިބި މެމްބަރުންގެ ފުރިހަމަ ތާއީދު ލިބިގެންނެވެ. މަޖިލީހުން މި ބިލް ފާސްކުރުމުން ސްރީލަންކާގެ މާލިއްޔާއިން ކުރީގެ ރައީސުންގެ ދިރިއުޅުމަށް ދޭ އިނާޔަތްތަކުގެ ތެރެއިން ބޮޑުބައެއް ނިމުމަކަށް އަންނާނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ކުރީގެ ރައީސުން ދިރިއުޅުމަށް ދެއްވާފައިހުރި ގެތަކުން އެބޭފުޅުން ނިކުންނަން ޖެހުމެވެ. މީގެ އިތުރުން އެބޭފުޅުންގެ ދަތުރުފަތުރަށް މިހާރު ކުރަމުން އަންނަ ހޭދަތަކާއި އޮފީސްތައް ހިންގުމަށް ދެމުން އަންނަ އިނާޔަތްތައްވެސް އުނިވެގެންދާނެއެވެ.

ސްރީލަންކާގެ މިހާރުގެ ސަރުކާރުން ބުނާގޮތުގައި ކުރީގެ ރައީސުންގެ ދިރިއުޅުއްވުމުގެ ހަރަދުތަކަށް މިހާރުވެސް އެޤައުމުގެ މާލިއްޔަތުން ބިލިއަނަށްވުރެ ގިނަ ރުޕީސް ހޭދަވެއެވެ. ފާސްކުރި ބިލުގެ ސަބަބުން ކުރީގެ ރައީސުންނަށް ކުރަމުންއައި ހޭދަތައް ދައުލަތުގެ ބަޖެޓްގައި ހިފެހެއްޓި އަދި އެބޭފުޅުން ދިރިއުޅުއްވަމުން އައި ގެކޮޅުތައް އުފެއްދުންތެރިގޮތުގައި ކުއްޔަށް ދެވިގެންދާނޭކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސުންގެ ދިރިއުޅުއްވުމުގެ ހަރަދުތަކުން ބޮޑުބައެއް ފާސްކުރި ބިލާއެކު އުނިވެގެން ދިޔަނަމަވެސް ރައީސުންނަށް ޤާުނޫނީގޮތުން ލިބިދޭ ޕެންޝަނުގެ ފައިސާ ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެއެވެ.

މާލީގޮތުން ލަންކާއަށް ދަތިދުވަސްތަކެއް ކުރިމަތިލާން ޖެހިފައިވާއިރު، އެޤައުމުން ދަނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިރުޝާދުތަކާއެކު ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
10 Oct 2026 ދުނިޔެ

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި

ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެއާލައިން، ސްރީލަންކަން އެއާލައިނުން ސައުދީގެ ވެރިރަށް ރިޔާދަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަމާ ގުޅިގެން ސްރީލަންކަން އިން ބުނެފައިވަނީ ސައުދީއަ...

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި
07 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި

ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީގެ ބަންދަށް ކޮޅުނބުގެ މެޖިސްޓްރޭޓް ކޮޓުން 6 ދުވަސް މިއަދު ޖަހައިފިއެވެ. ޝިރާންތީގެ ބަންދަށް ކޯޓުން ހަ ދުވަސް ޖަހާފައިމިވަނީ، ކޮރަޕްޝަނާއި...

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި
03 Oct 2026 ދުނިޔެ

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި

ތިމާވެއްޓާ ރައްޓެހި ހަކަތައަށް ވާސިލުވުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިލެކްޓްރިކް އަދި ތެޔޮ މަދުން ހޭދަވާ އުޅަނދުތައް ބޭނުންކުރުމަށް އެ ގައުމ...

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް
01 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް

އާބާދީގައި ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ދިވެހިރާއްޖެއިން އެތައް ބިލިއަން ޑޮލަރެއްގެ ބިޔަ އިންވެސްޓްމަންޓެއް ގެނައިރު، އެއަށްވުރެ މާ ބޮޑު އިޤްތިޞާދަކާއި ވަސީލަތްތައް ހުރި ސްރީލަންކާއަށް އ...

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި
29 Sep 2026 ދުނިޔެ

އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި

އިންޑިއާއިން ސްރީލަންކާއަށް ގާތްގަނޑަކަށް 3 ޓަނުގެ ޓީބީ އަށް ފަރުވާކުރާ ބޭސް ފޮނުވައި، އެ ގައުމުގެ އާންމު ސިއްހީ ނިޒާމަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަލުން ދީފިއެވެ. އިންޑިއާގެ އެކ...