އިސްތަންބޫލް ޕޮލިހުން ހިންގި އޮޕަރޭޝަންގައި ހޯދި މުސްޙަފް
އިސްތަންބޫލް ޕޮލިހުން ހިންގި އޮޕަރޭޝަންގައި ހޯދި މުސްޙަފް
ދުނިޔެ 08 Mar 2023 | 02:44

17 ވަނަ ޤަރުނުގައި ލިޔެފައި އޮތް މުސްޙަފެއް ތުރްކިޔޭ އިން ހޯދައިފި

17 ވަނަ ޤަރުނުގައި ލިޔެފައި އޮތް ޤުރުއާން މުސްޙަފެއް ތުރްކިޔޭ އިން ހޯދައިފިއެވެ.

މި ޤުރުއާން މުސްޙަފް ހޯދައިފައިވަނީ ތުރްކިޔޭގެ އިސްތަންބޫލްގެ ޕޮލިހުން ހިންގި އެންޓި ސްމަގްލިންގ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ޤުރުއާން މުސްޙަފްގެ އިތުރުން ތުރުކިޔޭގެ އެމްޕަރާގެ ޒަމާނުގެ ކަނޑިތައްވެސް ހޯދައިފައިވެއެވެ.

އިސްތަންބޫލް ޕޮލިހުންނާއި އެންޓި ސްމަގްލިންގް ބްރާންޗުން މި އޮޕަރޭޝަނަށް ތައްޔާރުވާން ފެށީ މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހުން ތުރްކިޔޭގެ އާސާރި އަގުބޮޑު ތަކެތި ޤައުމުން ބޭރަށް ޤަވާއިދާއި ޚިލާފަށް ގެންދަން އުޅޭ ކަމަށް ޝައްކު ކުރެވިގެނެވެ.

އިސްތަންބޫލްގެ ފާތިޙް ޑިސްޓްރިކާއި އުމަރްނިޔޭ ޑިސްޓްރިކްގެ ގެތައް ބަލައި ފާސްކުރި ކުރުމުން 17 ވަނަ ޤަރުނުގެ މުސްހަފަކާއި ތުރްކިޔޭގެ އެމްޕަރާގެ ދުވަސްވަރުގެ އެކި ސައިޒުތަކުގެ 10 ކަނޑި އާއި އާސާރީ ދޮރަކާއި އެދުވަސްވަރުގެ ލާރި ތަކަކާއި ކަރުގައި އަޅާ އަގުބޮޑު ހާރު ފަދަ ތަކެތި ހޯދައިފައިވެއެވެ.

މީގެ އިތުރުން 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި އުފައްދާފައިވާ ރައިފަލް ވެސް ހޯދައިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.