ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރު/ ފޮޓޯ: ވޮއިސް
ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރު/ ފޮޓޯ: ވޮއިސް
ހަބަރު 08 May 2023 | 05:27

"ރައީސް ޞާލިހުގެ ސިޓީއާއި ފޯޅަވަހި މައްސަލައާއި ގުޅުމެއް ނެތް ނަމަ މޮރިޝަސްއިން އެ ސިޓީ ޓްރައިބިއުނަލަށް ހުށައެއް ނޭޅިސް"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށް ދިޔަ މައްސަލައާއި އެއްވެސް ގުޅުމެއް ނެތްކަމުގައި ވާނަމަ، މޮރިޝަސްގެ ފަރާތުން ކޯޓަށް އެ ސިޓީ ހުށައަޅަން ވެސް ނުޖެހުނީސްކަމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ޑރ މުނައްވަރު މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވައްސަކީ މޮރިޝަސްއަށް ސިޔާދަތު ލިބިގެންދާ ތަނެއްކަމަށް ޤަބޫލުކޮށް ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން އިޓްލޮސްގައި އޮތް މައްސަލަ ނިމިގެން ދިޔައިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިގެން ދިއުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޗެނަލް-13 ގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ.

ޑރ މުނައްވަރުގެ ވާހަކައިގައި ވަނީ ރައީސް ޞާލިހުގެ ސިޓީފުޅާއި އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލައާއި އެއްވެސް ގުޅުމެއް ނެކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދުދެއްވާފަ އެވެ.

އެގޮތުން ޑރ މުނައްވަރު ވިދާޅުވީ އެ މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުން ހުކުމް ކުރިއިރު އެ ސިޓީއާއި ހަވާލާ ދީފައިވާކަމަށެވެ. އެއީ ގުޅުމެއް ނެތް ސިޓީއެއް ކަމަށް ވާނަމަ މޮރިޝަސްގެ ފަރާތުން އެ ސިޓީ ކޯޓަށް ހުށައަޅަން ޖެހޭ ވެސް ސަބަބެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ދެން އެއްބޭފުޅަކު ވިދާޅުވެދާނެ މިހާރު އެ ސިޓީއަކުން މިޔަށް ކުރާ އަސަރެއް ނެތޭ. އެކަމަކު އެ ޓްރައިބިއުނަލްގެ ނިންމުމުގައި އެ ސިޓީއާއި ހަވާލާ ދީފަ އެބޮތް. އެ ހަވާލާ ދީފަ އޮންނާނީ ހަމަގައިމު ރިލަވަންޓު ވެގެންނެއްނު. އެހެން ނޫން ނަމަ ނުދޭނެ. އެހެން ނޫން ނަމަ މޮރިޝަސްއަކަށް ނުޖެހޭނެ އެ ސިޓީ ޓްރައިބިއުނަލަށް ހުށައަޅަން ވެސް. ހުށައަޅަން ޖެހުނީވެސް ކޮންމެސް ކަމެއް ބަޔާން ކުރުމަށްޓަކައި

ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރު

ޑރ މުނައްވަރު އިތުރަށް ވިދާޅުވީ ގޯހެއް ހަދާފައި ނުވާ ނަމަ، ރައީސް ޞާލިހު މޮރިޝަސްއަށް ފޮނުވި ސިޓީފުޅު ރައްޔިތުންނަށް ސިއްރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ ސިޓީ ކޮންމެސް ދުވަހަކުން ރައްޔިތުންނަށް އަދި ހާމަވާނެ ކަމަށާއި، އޭގައި ރައްޔިތުންގެ މަސްލަހަތު ގެއްލޭފަދަ ވާހަކައެއް ހިމަނާފައިވާނަމަ ރައީސް ޞާލިހު އެކަމަށް ޒިންމާ ކުރުވާނެކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު އޮތް ގޮތަކީވެސް ރައީސް ޞާލިހުގެ އެ ސިޓީފުޅު ހާމަކުރުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
14 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން
14 Oct 2026 ހަބަރު

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.