ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ފުޓްސެލް ދަނޑު ތަރައްގީ ކުރަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ފުޓްސެލް ދަނޑު ތަރައްގީކުރަން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނީ އެމްޕަވަރމެންޓުން ބަޔަކާ ހަވާލުކޮށްފިއެވެ.
ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ތަރައްގީ ކުރެވޭ މި ދެ ދަނޑުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޒެބޮކް ކުންފުންޏާއެވެ.
މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަޙްމަދު ދީދީއެވެ. އަދި ޒެބެކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ލައުޒާ ވަހީދެވެ.
މަސައްކަތް ފަށާތާ 55 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއުގެ އަގަކީ ހަތަރު މިލިޔަން ދެލައްކަ ފަސްދޮޅަސް ފަސްހާސް ސައުވީސް ރުފިޔާ ސާޅީސް ހަތަރު ލާރިއެވެ.
ސަރުކާރުގެ ހަރަދުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްސެލް ދަނޑުތައް ތަރައްގީ ކުރަމުން ދާއިރު، މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ފުރަތަމަ ފުޓްސެލް ދަނޑެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް