ރައީސް ޞާލިހުގެ ކެމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ސެޝަނެއް ނަގައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ސެޝަނެއް ނަގައިފި އެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޒުއްދީން ސުކޫލުގައެވެ.
ކެމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ބޭއްވި ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދެކަނބަލުންނާއި، ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުންނާއި، ކުންފުނިތަކުގައި މަސައްކަތް ކުރައްވާ ބޭބޭފުޅުންގެ އިތުރުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ އާންމު މެމްބަރުން ވެސް ކޭމްޕޭނު ޓީމު މޯޓިވޭޓުކުރުމަށް ބޭއްވި އެ ސެޝަނުގައި ބައިވެރިވެފައިވާަކަން ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.
އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ، ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށް ބޭއްވި ރިޔާސީ ޕްރައިމަރީގައި، އޭރު އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ވާދަކުރައްވާ އެމަނިކުފާނު ބަލިކުރައްވައިގެން ނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތައް ރަސްމީކޮށް ފަށާފައިވާއިރު، މި ހަރަކާތްތައް ފެށީ ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތަކާއި އެކުގައެވެ.
ރައީސް ޞާލިހުގެ ކެމްޕޭނު މާލޭގައި ފަށާއި، ޑޯ-ޓު-ޑޯ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އަތޮޅުތެރޭގައި ވެސް ކެމްޕޭނުގެ ހަރަކާތްތައް ފޯރިއާއެކު ކުރިއަށްދާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް