ފުވައްމުލަކު ކުނި ގޮނޑުގައި ރޯވެއްޖެ
ފުވައްމުލަކު ސިޓީ ކުނި ގޮނޑުގައި ހުރި ކުނިތަކެެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އަދި މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން މިއަދު 12:10 ހާއިރު ވަނީ އެއްކޮށް ނިއްވާލާފައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް