ފޮޓޯ: އަލްޖަޒީރާ
ފޮޓޯ: އަލްޖަޒީރާ
ދުނިޔެ 07 Sep 2022 | 19:33

އިނގިރޭސިވިލާތުގެ ރާނީ އަވަހާރަވެއްޖެ

އިނގިރޭސިވިލާތުގެ ރާނީ، ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަ ވެއްޖެއެވެ.

ރާނީ އެލިޒަބަތު އަވަހާރަ ވެފައިވަނީ މިއަދު އެކަމަނާގެ ޑޮކްޓަރުން ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް ބުނުމުން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. ބީބީސީއިން އާންމުކުރި ގޮތުގައި އެކަމަނާ އަވަހާރަ ވެފައިވަނީ އިނގިރޭސި ވިލާތުގެ ގަޑިން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެވެ.

އިނގިރޭސިވިލާތުގެ ބަލްމޯރަލް ކާސަލްގައި އެކަމަނާ އަވަހާރަވި އިރު އިނގިރޭސި ޝާހީ އާއިލާގެ ގިނަ މެންބަރުން އެކަމަނާގެ އަރިހުގައި ތިއްބެވިއެވެ. އެގޮތުން ދިމާވި ދެބަސްވުންތަކަކާއި ގުޅިގެން ޝާހީ އާއިލާ އާއި ވަކިވެފައިވާ ޕްރިންސް ހެރީ އަދި އަނބިކަނބަލުން މެގަން ވެސް ވަނީ އެކަމަނާގެ އަރިހަށް ދުރުވެފައެވެ.

ރާނީ އެލިޒަބަތު ދެވަނަ ތަހުތާއި ހަވާލުވެ ވަޑައިގަތީ 1952 އަހަރުގައި އުމުރުން 25 އަހަރުގައި އެކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަވަނަ އަވަހާރަވުމާއި ގުޅިގެންނެވެ. 70 އަހަރު ތަހުތުގައި އެކަމަނާ ހޭދަ ކުރައްވާފައިވެއެވެ. އެކަމަނާ ވަނީ 1972 ވަނަ އަހަރު ދިވެހި ރާއްޖެއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

އެކަމަނާ 2021 ވަނަ އަހަރުވެސް ވަނީ އާލަސްކަންފުޅާއި އުޅުއްވާފައެވެ. އެގޮތުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެ އެކަމަނާގެ ހާލުކޮޅު ސީރިއަސްވެ ފަރުވާ ދީފައިވެއެވެ. 2021 ވަނަ އަހަރުގައި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ވަނީ އަވަހާރަވެފައެވެ. އެއަށްފަހު އާންމު ހަފްލާތަކުން އެކަމަނާ ފެނުން ވަނީ މަދުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.