ތަމިލްނާޑޫ މިނިސްޓަރުގެ ކާރުކޮޅަށް ޖާގަ ދިނުމަށް އެމްބިއުލަންސް ހުއްޓުވާފައި
ތަމިލްނާޑޫ މިނިސްޓަރުގެ ކާރުކޮޅަށް ޖާގަ ދިނުމަށް އެމްބިއުލަންސް ހުއްޓުވާފައި
ދުނިޔެ 07 Sep 2022 | 22:04

ތަމިލްނާޑޫ މިނިސްޓަރުގެ ކާރުކޮޅަށް ޖާގަ ދިނުމަށް އެމްބިއުލަންސްއެއް ހުއްޓުވައިފި

އަވައްޓެރި އިންޑިއާގެ ޓަމިލް ނާޑޫ ޑިސްޓްރިކްޓުގެ ސްޓޭޓް މިނިސްޓަރުގެ ކާރުކޮޅަށް ޖާގަދިނުމަށް ބަލިމީހަކު ގޮވައިގެން ދިޔަ އެމްބިއުލަންސްއެއް ހުއްޓުވައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ޓަމިލް ނާޑޫގެ "އަނައިކަރާއި" ބްރިޖުގައެވެ. އެ ބްރިޖަކީ އެއްކޮޅަށް ދުއްވާ ބުރިޖެއްކަމުން، މިނިސްޓަރުގެ ކާރުކޮޅު ބްރިޖު ހުރަސްކުރަންދެން އެންބިއުލަންސް ވަނީ ހުއްޓުވާފައެވެ.

އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަމުންދިޔަ ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން "އަނައިކަރާއި" ބްރިޖަކީ ފަހަރަކު ކޮޅަކަށް ދަތުރުކުރާ ބްރިޖެކެވެ. އެގޮތުން އެއްކޮޅުން އަންނަ އުޅަނދުތައް ހުސްވަންދެން، ބްރިޖު ހުރަސްކުރަން އަނެއްކޮޅުގައި އޮންނަ ވެހިކަލްތަކަށް މަޑުކުރަން ޖެހެއެވެ. ބްރޖު ހުރަސްކުރާ ވެހިކަލްތަކުގެ ޓްރެފިކް ބަލަހައްޓަނީ ފުލުހުންކަންވެސް ފާހަގަކޮށްފައިވެއެވެ.

އެމްބިއުލަންސް ހުއްޓުވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ ކާރުކޮޅު ބްރިޖު ހުރަސްކުރުމަށް ޖާގަ ދިނުމަށެވެ. މިނިސްޓަރުގެ ކާރުކޮޅާއި، ސެކިއުރިޓީ ވެހިކަލްތަކާއެކު ވީއަޕީ ވެހިކަލްތައްވެސް ބްރިޖު ހުރަސްކުރުމަށް އެއްކިލޯމީޓާރުގެ ޖާގަ ނަގާފައިވާކަން ޓްރެފިކް ބަލަހައްޓަމުންދިޔަ ފުލުހުންނާއި ހަވާލާދީ އިންޑީއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އަދި ސެކިއުރިޓީއާއެކު ސްޓޭޓް މިނިސްޓަރުކޮޅުގެ ކާރުކޮޅު ބްރިޖު ހުރަސްކުރައްވަންދެން އެމްބިއުލަންސް މަޑުކުރުވާފައި އޮންނަ މަންޒަރު ފެނިގެންދާ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެމްބިއުލަންސްގެ އިތުރުން ބްރިޖު ހުރަސްކުރަން އައި އެހެން އުޅަނދުތައްވެސް ވަނީ ސްޓޭޓް މިނިސްޓަރުގެ ކާރުކޮޅަށް ޖާގަ ދިނުމަށް މަޑުކުރުވާފައެވެ.

ބުރިޖުގެ ޓްރެފިކް ބަލަހައްޓަމުންދިޔަ ފުލުހުން އެމްބިއުލަންސް ހުއްޓުވުމާއި ގުޅިގެން ތަމިލްނާޑޫގެ ސުޕްރިންޑެންޓު އޮފް ޕޮލިސް ވަނީ އެފަދައިން އެކަން ކުރަން ޖެހުނު ސަަބު ބަޔާންކުރުމަށް ޓްރެފިކް ފުލުހުންނަށް އަންގާފައެވެ.

ސްޓޭޓް މިނިސްޓަރުގެ ކާރުކޮޅާއި، އެއާއި އެކު އޮތް ސެކިއުރިޓީ ކާރުކޮޅުތަކާއި، ވީއަޕީ ކާރުތައް ހިމެނޭ ފްލީޓަށް ޖާގަ ދިނުމަށް އެމްިއުލަސް ހުއްޓުވާލުމުން އެ ޑިސްޓްރިކްޓުގެ އާންމު ރައްޔިތުން ގެންދަނީ ތަމިލްނާޑޫ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އަދި ފާޑުކިޔުންތައް ގިނަ ވުމާއި ގުޅިގެން ފަހުން ސްޓޭޓް މިނިސްޓަރު ވަނީ އެކަން ދިފާއުކުރެއްވުމަށް މަސައްކަތްކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ކާރުކޮޅާއެކު އޮތް ފްލީޓު ބޮޑުވީ، ބައެއް އާންމު މީހުންގެ ކާރުތައްވެސް އެ ވަގުތު ބްރިޖަށް އެރުމާއި ގުޅިގެންކަަމަށެވެ.

އެހެން ނަމަވެސް އެމްބިއުލަންސް ހުއްޓުވާލާފައި އޮތުމުން، އާންމު ރައްޔިތުންގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައްވެސް ވަނީ ސްޓޭޓު މިނިސްޓަރަށް އަމާޒުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.