ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި
ހއ.ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ސެޕްޓޭމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން، 18،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.
ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮސްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 5.99 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް