ފޮޓޯ: އަލްޖަޒީރާ
ފޮޓޯ: އަލްޖަޒީރާ
ދުނިޔެ 08 Sep 2022 | 17:28

އިނގިރޭސި ރާނީ ގެ ހާލުކޮޅު ސީރިއަސް ވެއްޖެ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނައިގެ ސިއްހީ ހާލަތު ސީރިއަސްވެ އިތުރު ފަރުވާދީ މޮނީޓާ ކުރުމަށް އެޑްމިޓްކޮށްފިއެވެ.

މިއަދުގެ ހެދުނު އާންމު އުސޫލުގެ ދަށުން ހެދި އެވަލުއޭޝަން އެއްގައި އެކަމަނާގެ ސިއްހީ ހާލުކޮޅު ސީރިއަސްް ކަމަށް ރާނީގެ ޑޮކްޓަރުންގެ ޓީމުން ބުނެފައިވާ ކަަމަށް އިނގިރޭސިވިލާތުގެ ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި މިވަގުތު އެކަމަނާ އަށް ބަލްމޯރަލް ކާސަލްގައި ފަރުވާދީ ސިއްހީ ހާލުކޮޅު މޮނީޓާ ކުރަމުންދާ ކަމަށް ބީބީސީއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިވަގުތު ބީބީސީއިން އަންނަނީ މިއަދަށް ޝެޑިއުލް ކޮށްފައިވާ ހުރިހާ ޕްރޮގްރާމްތައް ހުއްޓާލާ އުމުރުން 96 އަހަރުގެ ރާނީގެ ސިއްހަތާއި ގުޅިގެން ހާއްސް ލައިވް ކަވަރޭޖެއް ފަށާފައެވެ.

ރާނީގެ ސިއްހަތާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމާއި އަލަށް ގުޅިވަޑައިގެންނެވި ލިޒް ޓްރަސް ވަނީ މުޅި ގައުމު ވެސް ރާނީގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ކަންބޮޑުވާ ކަމަށާއި މި ދަތި ވަގުތުގައި ރާނީގެ އާއިލާއަށް ވަނީ ހަމްދަރުދީ ފޮނުވާފަ އެވެ.

މި ވަގުތު ރާނީ އާއި އެކު ވަގުތު ހޭދަ ކުރުމަށް އިނގިރޭސި ޝާހީ އާއިލާގެ މެންބަރުން ދަނީ ބަލްމޯރަލް އަށް ދަތުރު ކުރަމުންނެވެ. އެގޮތުން މިވަގުތު ޝާހީ އާއިލާއާއި ވަކިވެފައިވާ ޕްރިންސް ހެރީ އަދި އޭނާގެ އަންހެނުން މެގަން ވެސް އަންނަނީ ރާނީގެ އަރިހަށް ދަތުރު ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.