ޕާކިސްތާން ބޯޓެއް ނަޑެއްލާ ކައިރި ފަރަކަށް އަރައިފި
ގދ. ނަޑެއްލާ ކަރިން ދަތުރުކުރަމުން ދިޔަ ޕާކިސްތާން ބޯޓެއް ފަރަށް އަރައިގެން ފުލުހުންނާއި އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ނަޑެއްލާ ކައިރިން ބޯޓެއް ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އިއްޔެ 18:21 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ބޯޓުގައި ތިބީ ޕާކިސްތާނު 10 މީހުން ކަމަށާއި އެމީހުން މިވަގުތު ތިބީ ނަޑެއްލާގައި ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ފުލުހުން ބުނީ އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ބޯޓު ފަރަށް އެރި ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް