ބަޖެޓް ހުށަހެޅުން މިމަހު 31 ގައި
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ 31 ވަނަ މަޖިލީހަށް ހުށަހަޅާނޭކަން ފިނޭންސް މިނިސްޓްރީ ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ އޮފީސްތަކުގެ ބަޖެޓު އިވެލުއޭޓުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިވަގުތު ކުރަނީ ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަޕްޑޭޓުތައް ބެލުމާއި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތްތައް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީން ވިދާޅުވާ ގޮތުގައި އަންނަ އަހަރު ބަޖެޓްގައި އަލަށް ހިމަނާނެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.
މިއަހަރަށް ސަރުކާރުން އެކި މަޝްރޫޢުތަކާއި އެކި ކަންކަމަށް ހިނގާނެ ކަމަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް