އެމްއާރުއެމްގެ ނަސްރުގެ ދުވަހުގެ ޖަލްސާ މާދަމާރޭ!
ނަސްރުގެ ދުވަހާއި ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ބާއްވާ ޚާއްސަ ޖަލްސާ މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އެމްއާރުއެމްގެ ނަސްރުގެ ދުވަހުގެ ޖަލްސާ ފުރަތަަމަ ބޭއްވުމަށް ހަމަޖެހުނީ މިމަހު 2 ވަނަ ދުވަހުގެ ރޭގައެވެ. އެހެންނަމަވެސް އެޕާޓީގެ ރައީސް، ފާރިސް މައުމޫންގެ އާއިލީ ބޭފުޅަކު ނިޔާވުމާއި އެ ޖަލްސާ ވަނީ ފަސްކުރެވިފައެވެ.
އެގޮތުން ފާސްކުރެވުނު ޖަލްސާ މާދަމާރޭ 8:45 ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި އެ ޖަލްސާ އޮންނާނީ ވައިލެޓް މަގުގައި ހުންނަ ހ.މީރުމާ ގެ ފުރަތަމަ ފަންގިފިލާ ގައި ކަމަށްވެސް އެމްއާރްއެމުން ބުނެއެވެ.
ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާ އަކީ މީގެ ކުރިން ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ޖަލްސާ އެކެވެ. އެހެންނަމަވެސް މި ސަރުކަާރުން އެ ޖަލްސާ ނުބާއްވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންވެސް ވަނީ ނަސްރުގެ ދުވަހު އިހްތިޖާޖު ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް