މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން ހަނާ މުޙައްމަދު ވިދާޅުވީ ގޮތުގައި އަލިފާން ރޯވެފައިވަނީ ހ. ހިރިޔާ ނަމަކަށް ކިޔާ ގެއެއްގެ ތިންވަނަ ފަންގިފިލާގައެވެ.
ހަނާ އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި މެންދަމު 3:57 ގައި އެމްއެންޑީއެފްއަށް މި ހަދިސާ ރިޕޯޓްކޮށްފައިވާއިރު, 4:23 ހާއިރު އަލިފާން ވަނީ ނިއްވާލާފައެވެ.
ފުލުހުން އަލިފާން ރޯވި އިމާރާތުގައި ހަރަކާތްތެރިވެފައިވާއިރު, އެކަކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެމްއެންޑީއެފްއިން މައުލޫމާތު ދެއްވިގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައެއްނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް