ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް--ފޮޓޯ/ މަޖިލިސް
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް--ފޮޓޯ/ މަޖިލިސް
ހަބަރު 08 Dec 2022 | 05:39

ދެދުވަހުން އެއްދުވަހު ބްރިޖު ޕްލެޓްފޯމު އެ އޮންނަނީ ގޮނޑުދޮށަށް ލައްގާފައި: ޝިޔާމް

ސަރުކަާރުން އަޅަން ފަށާފައިވާ ތިލަމާލެ ބްރިޖު ހަދަން ބޭނުން ކުރާ ޕްލެޓްފޯމް އޮންނަނީ ދެދުވަހުން އެއްދުވަހު ގޮނޑުދޮށަށް ލައްގާފައި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ދިވެހި ވިޔަފާރި ވެރިން ސަރުކާރަށް ކުރަމުންދިޔަ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ޓީ ބިލްވެސް ގަންނާނެ ބަޔަކު ނުވާކަމަށާ، އޭގެ ސަބަބުން ސަރުކާރު މިހާރު އޮތީ ފައިސާ ހޯދުމަށްޓަކައި ކޮންމެ ކަމެއްވެސް ކުރާހާ "ޑެސްޕަރޭޓް" ވެފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އައިއެމްއެފް އާއި ވޯލްޑް ބޭންކުން ދޭ އިރުޝާދުތަކަށް ސަރުކާރުން ބޯ ނުލަނބައި ޚަރަދުތައް ކުޑަ ކުރުމުގެ މަސައްކަތް ނުކުރާތީ އެ ތަންތަނާއި ގުޅުންހުރި އެއްވެސް ބޭންކަކުން ސަރުކާރަށް އެހީ ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް އެސްބީއައި އިން އެ އޮތީ މި ސަރުކަާރު ނަގަހައްޓަން ކޮންމެ ކަމެއްވެސް ކޮށްދޭ ގޮތަށް. އެއީ އެމީހުން މިވަރު އެއްޗެއް ދީފިއްޔާ، އެމީހުން ދަމާލާ މިންވަރު އަޅުގަނޑުމެންނަށް އެބަފެނޭ. އެއް އިންޗި ދީފިއްޔާމުން އެމީހުން ފަސް އިންޗި އެބަ ދަމާލާ. އެހެން އެއްވެސް މާލީ އެޖެންސީ އެއް މި ސަރުކާރަކަށް މިހާރު ލޯނެއް ދޭ ގޮތަކަށް ނޫން އޮތީކީ." ޝިޔާމް ވިދާޅުވިއެވެ.

މިއާއެކު ޝިޔާމް ވަނީ، އަދުގެ ސަރުކާރަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އަބަދު އެއް ގައުމަކުން ލޯނު ނަގާކަމަށް ބުނެ ފާޑުކިޔައި ހެދި ބައެއް ކަމަށާ، ނަމަވެސް އެމަނިކުފާނު އެ ލޯނުތައް ނަންގަވައިގެން ކުރެއްވި ކަންކަން ފެންނަން ހުރި ކަމަށް ވިދާޅުވެފައެވެ. އަދި އޭރުވެސް ފެންނަމުން ދިޔައީ އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ކަމަށާ، އަދި މިހާރުވެސް އެ ނޫން މަސައްކަތެއް ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"700 މިލިއަން ގާތްގަނޑަކަށް ޑޮލަރު ހޭދަކޮށްގެން މިތާ ވިލިމާލެއާއި މާލެއާއި ދޭތެރޭގައި މި އަޅާ ބުރިޖު، ދެ ދުވަހުން އެއް ދުވަހު އެ އޮންނަނީ ގޮނޑުދޮށަށް ލައްގާފައި. ދެދުވަހުން އެ އޮންނަނީ އޭގެ ޕްލެޓްފޯމު ގޮނޑުދޮށަށް ލައްގާފައި. މިއީ މީހުން ބްރިޖު އަޅަން އުޅޭ ގޮތްތަ؟"

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އެޅުއްވި ސިނަމާލެ ބްރިޖަކީ އަޅާނެ އެއްޗެއްކަން ރައްޔިތުންނަށް ޔަގީން ކޮށްދިނުމުގެ ގޮތުން، ބްރިޖު ބަލަން ޕްލެޓްފޯމު އެއްވެއް އެމަނިކުފާނު ހެއްދެވި ކަމަށެވެ.

"އެހާ ޔަގީން ކަމާއި އެކުގައޭ ބްރިޖު އެޅުއްވީ. އެކަމު މިއަދު ކީއްތޯ މިވަނީ؟ ދެދުވަހުން އެއްދުވަހު އަޅުގަނޑުމެން ޚަބަރު ބަލާލާއިރު ނި އޮންނަނީ އޭގެ ތަނބެއް ވެއްޓިގެން، ނޫނީ ބްރިޖެ އެޅުމަށްޓަކައި އެމީހުން ގެންގުޅޭ ޕްލެޓްފޯމު، ގޮނޑުދޮށަށް ލައްގައިގެން، ނޫނީ ފަރުމައްޗަށް ލައްގައިގެން ފަރުހަލާކުވެގެން އުޅޭ ވާހަކައެއް ނޫންތޯ؟"

އެއާއެކު ޝިޔާމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ލޯނު ނަގައިގެން ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައި މިވަނީ އޭގެ ޓެކްނިކަލް މަސައްކަތް އެނގޭ ބަޔަކާއިކަމާއި މެދުވެސް މިހާރު ޝައްކު އުފެދޭ ކަމަށް އެނާ ވިދާޅުވިއެވެ.

"700 މިލިއަން ޑޮލަރު ނަގައިފި. އެ ފައިސާ ހަރަދުކޮށްގެން އެ ހަދާ އެއްޗެއް ފެނުން މައްޗަށް އަރާތަނެއް ނުވެއް ފެނޭ." ބްރިޖު ހަދަމުންދާގޮތަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.