ދުވާފަރުގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރ. ދުވާފަރުގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ބިދޭސީ އަކަށެވެ. ފުލުހުން ބުނީ ދުވާފާރުގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް އޭޕްރީލް 28 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ނޭންގެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް