ފަލަސްޠީނުގެ ހައްގުގައި ބަންގްލަދޭޝްގައު ކުރެވުނު އިހްތިޖާޖުގެ ތެރެއިން: ފޮޓޯ/ އިންޓަނެޓް
ފަލަސްޠީނުގެ ހައްގުގައި ބަންގްލަދޭޝްގައު ކުރެވުނު އިހްތިޖާޖުގެ ތެރެއިން: ފޮޓޯ/ އިންޓަނެޓް
ދުނިޔެ 14 Apr 2025 | 03:32

ބަންގްލަދޭޝް ރައްޔިތުން އިސްރާއިލަށް ދަތުރުކުރުން މަނާ ކޮށްފި!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބަންގުލަދޭޝްގެ ރައްޔިތުން އިސްރާއީލަށް ދަތުރު ކުރުން އެގައުމުގެ ވަގުތީ ސަރުކާރުން މަނާކޮށްފިއެވެ.

އެގޮތުން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އާދީއްތަ ދުވަހު ވަނީ، އެ ޤައުމުގެ ޕާސްޕޯޓުތަކުގައި "އިސްރާއީލް ފިޔަވައި" ކޮންމެ ގައުމަކަށްވެސް ދަތުރުކުރެވޭނެކަން ހާމަކުރާ ޢިބާރާތް އަލުން ޖަހަން ފަށާފައިވާކަން އިއުލާންކޮށްފައެވެ. މިއީ ބަންގްލަދޭޝްގެ ރައްޔިތުން އިސްރާއީލަށް ދަތުރުކުރުން ރަސްމީކޮށް މަނާކުރުމެވެ.

ބަންގްލަދޭޝްގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ނިލިމާ އަފްރޯޒް، ސަރުކާރުގެ ނޫސް އޭޖެންސީ ބަންގްލަދޭޝް ސަންގްބަދް ސަންގްސްތާ (ބީއެސްއެސް) އަށް ވިދާޅުވެފައިވާ ގޮތުން އޭޕްރިލް 7 ވަނަ ދުވަހު ޕާސްޕޯޓާއި އިމިގްރޭޝަން ޑިޕާޓްމަންޓަށް ވަނީ އެކަން އަންގައި ސިޓީ ފޮނުވާފައެވެ.

"މި ޕާސްޕޯޓަކީ އިސްރާއީލް ފިޔަވައި ދުނިޔޭގެ ހުރިހާ ޤައުމަކަށް ބޭނުންކުރެވޭނެ ޕާސްޕޯޓެކެވެ" މި ޢޢިބާރާތް ބަންގްލަދޭޝްގެ ރަސްމީ ދަތުރުފަތުރުގެ ލިޔެކިޔުންތަކުން އުނިކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގައި، އޭރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރުގައެވެ.

ޝެއިޚް ހަސީނާގެ ވެރިކަން ވައްޓާލުމަށް ދަރިވަރުން އިސްނަގައިގެން ކުރި އިހުތިޖާޖުތަކަކަށްފަހު، ފާއިތުވި އަހަރުގެ އޯގަސްޓް މަހު އޭނާ އިސްތިޢުފާދީ އިންޑިއާއަށް ވަޑައިގަތުމާ ގުޅިގެން، އެ ސަރުކާރު ވެއްޓުނެވެ.

ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓުނުތާ ތިން ދުވަހުގެ ތެރޭގައި، އޯގަސްޓް 8 ވަނަ ދުވަހު މުޙައްމަދު ޔޫނުސްގެ އިސްނެންގެވުމުގެ ދަށުން ވަގުތީ ސަރުކާރެއް އެ ގައުމުގައި ހިންގަން ފެށިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް
12 Oct 2026 ހަބަރު

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކު...

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
12 Oct 2026 ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...

ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް
11 Oct 2026 ދުނިޔެ

ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް: ރިޕޯޓް

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާއިރު، ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ޔުނިސެފްގެ އިންޒާރަށް ނުބަލައި ވެކްސިން ގަތުމުގެ ނިޒާމަށް ބަދަލު ގެނައިކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބަނ...

ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ: ރާޝިދުއްޒަމާން
07 Oct 2026 ހަބަރު

ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ: ރާޝިދުއްޒަމާން

މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން ބަދަހިކުރަންޖެހޭކަމަށް ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރު އެމް. ރާޝިދުއްޒަމާން މިއްލަތު ވިދާޅުވެއްޖ...

ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
23 Sep 2026 ހަބަރު

ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ނިއު ޔޯކަށް ކުރަށްވަމުންދާ ދަތުރުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހްމާނާ ބައްދަލުކުރަ...

ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
19 Sep 2026 ހަބަރު

ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ

‏ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި އެ ގައުމުގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނިގެން އެ މީހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ގަވާއިދ...