N/A
N/A
ހަބަރު 09 Feb 2020 | 07:22

އަދަދަށްވުރެ އިތުރަށް ފާހަގަ ޖަހައިފިނަމަ މުޅި ވޯޓު ކަރުދާސް ބާތިލުވާނެ: އިލެކްޝަންސް

ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންމެ ދާއިރާއަކަށް ވެސް ހޮވަންޖެހޭ އަދަދަށްވުރެ އިތުރަށް ވޯޓް ކަރުދާޙުގައި ފާހަގަ ޖަހައިފިނަމަ، މުޅި ކަރުދާސް ބާތިލުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ''ފަލަސުރުޚީ'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކުރަމު ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ދާއިރާއަކަށް ހޮވަންވާ އަދަދަށްވުރެ އިތުރަށް ފާހަގަ ޖަހާފައިވާ ނަމަ، ވޯޓު ކަރުދާސް އެއްކޮށް ބާތިލުވާނެ ކަމަށެވެ. ރަނގަޅު ފާހަގަ ނޫން އެހެން ފާހަގައެއް ޖަހައިފިނަމަ ވެސް މުޅި ވޯޓު ކަރުދާސް އެއްކޮށް ބާތިލުވާނެ ކަމަށް އަކުރަމު ވިދާޅުވިއެވެ. އެހެންވެ އެކަންކަމަށް ސަމާލުކަން ދިނުމަށް އަކުރަމު އިލްތިމާސްކުރެއްވިއެވެ.

އަކުރަމު ވިދާޅުވީ، ރަށްރަށުގެ ވޯޓު ކަރުދާހުގައި ހަތަރު ބައެއް ހިމެނޭނެ ކަމަށެވެ. އެގޮތުން އެ ކަރުދާހުގައި އަތޮޅު ކައުންސިލުގެ ރައީސާއި ރަށު ކައުންސިލުގެ ރައީސާއި އަންހެން މެންބަރާއި އިތުރު މެންބަރުން ހޮވަން އޮންނާނެ ކަމަށެވެ. އެބައިގައިވެސް ހޮވަންޖެހޭ އަދަދަށްވުރެ އިތުރަށް ފާހަގަޖަހައިފިނަމަ މުޅި ކަރުދާސް ބާތިލުވާނެ ކަމަށް އެނާ ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ، މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ވޯޓު ކަރުދާހާއި ކުޅުދުއްފުށި ސިޓީގެ ވޯޓު ކަރުދާސް ތަފާތުވާނެ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ ވޯޓު ކަރުދާސްކޮޅުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވޯޓުލާން އޮންނާނެ ކަމަށެވެ.

''ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ވޯޓުލާން ޖެހޭނެ ކުޅުދުއްފުށި ހިމެނޭ އަތޮޅުގެ އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވެސް. ކުޅުދުއްފުށި ސިޓީގެ ވޯޓު ކަރުދާސްކޮޅުގައި ތިން ބައެއް ހިމެނޭނެ. މާނައަކީ އެއް ކަރުދާހެއްގައި ތިން ވޯޓެއް އޮންނާނެ.'' އަކުރަމު ވިދާޅުވިއެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަންނަ މަހުގެ ހަތަރެއްގައި އިއުލާން ކުރަން މިހާރު ވަނީ ނިންމާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.