ލަންކާގައި އިމާރާާތެއްގެ މަތިން ދިވެހި ކުޑަކުއްޖަކު ވެއްޓި ސީރިއަސް ހާލަތުގައި!
އަވައްޓެރި ސްރީލަންކާގައި ދިވެހި ކުޑަކުއްޖަކު އިމާރާތެއްގެ މަތިން ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފޮރިން މިނިސްޓްރީން ވަނީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ވޮއިސްއަށް ޔަގީންކޮށްދީފައެވެ. އަދި އެކުއްޖާގެ އާއިލާއަށް ދެެވެން އޮތް ހުރިހާ އެހީއެއް ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ފޯރުކޮށްދޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި އުމުރުން ގާތްގަނޑަަކަށް ތިން ވަރަކަށް އަހަރުގެ މި ކުއްޖާ ވެއްޓިފައިވަނީ އެކުއްޖާ ދިރިއުޅެމުންދާ އެޕާޓްމެންޓްގެ ދެވަނަ ފަންގިފިލާއިންނެވެ. އެ ކުއްޖާއަށް ކަލުބޯވިލާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސްވުމުގެ ސަބަބުން ވަނީ ލަންކާ ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.
-ތަފްސީލް އަންނަނީ-
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް