ކައުންސިލަށް ފެންނަ ގޮތަކަށް ލޭންޑްޔޫސް ޕްލޭން ބަދަލެއް ނުކުރެވޭނެ: ނިޔާާޒު
އާންމުންގެ މަޝްވަރާއާއި ނުލާ ކައުންސިލްތަކަށް ފެންނަ ގޮތަކަށް ލޭންޑްޔޫސް ޕްލޭން ބަދަލުނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު މިހެން ވިދާޅުވީ އެބޭފުޅާ ނިސްބަތްވެ ވަޑައިގަންނަވާ ޅ.ހިންނަވަރުގެ ލޭންޑް ޔޫސް ޕްލޭނާއި ޚިލާފަށް އެރަށު ކައުންސިލުން ނެރެއް ކެނޑުމަށް މަސައްކަތް ކުރަމުން ދިއުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމަށް ގާނޫނުން ހުއްދަދިން ނަމަވެސް، ބަދަލެއް ގެނެވޭނީ ރައްޔިތުންނާއި މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމެއްގައި ފާސްކޮށްގެންކަމަށެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ހިންނަވަރު ކައުންސިލުން އެ ރަށުގައި އާ ނެރެއް ކެނޑުމުގެ މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ މަޝްވަރާއާއި ނުލައެވެ. އަދި އެއީ އެރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނިފައި ނުވާކަމެއްކަމަށް ބުނެ ގިނަބަޔަކު ދަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް