ބްރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ބްރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ދާދި ދެންމެ އަކު ބުނީ، ބްރިޖު ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކްސިޑެންޓް އާއި ގުޅިގެން ސައިކަލުގައި އިން އެކަކަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފަައެވެ. އެގޮތުން އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމަށްވާއިރު، އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އަދި އެ ސައިކަލު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ތަފްސީލް އަންނަނީ...
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް