އެންމެ ހިތްވަރުގަދަ އަންހެނާގެ އެވޯޑް ލިބުނު ފިރިހެން މީހާ، އަލްބާ އެވޯޑާއި އެކު ފޮޓޯއަކަށް ހުއްޓިލައިގެން
އެންމެ ހިތްވަރުގަދަ އަންހެނާގެ އެވޯޑް ލިބުނު ފިރިހެން މީހާ، އަލްބާ އެވޯޑާއި އެކު ފޮޓޯއަކަށް ހުއްޓިލައިގެން
ދުނިޔެ 09 Mar 2023 | 08:33

އަންހެނުން ބާރު ވެރިކުރަން ގޮވަމުން، ހިތްވަރު ގަދަ އަންހެނާގެ އެވޯޑް ފިރިހެނަކަށް

އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ އަގު ވަޒަން ކުރަން ގޮވާލާ ހުޅަނގުން އެންމެ ހިތްވަރުގަދަ އަންހެނާގެ އެވޯޑް ފިރިހެނަކަށް ދީފިއެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ބައިނަލްއަގުވާމީ އެންމެ ހިތްވަރުގަދަ އަންހެނުންގެ އެވޯޑް ޖުމުލަ 11 މީހަކަށް ވަނީ ދީފައެވެ.

މިއެވޯޑް ދޭ ފަރާތުން ބުނެފައިވާ ގޮތުގައި މިއީ، އާދަޔާޚިލާފަށް ހިތްވަރު ދައްކައި، އަމާން ކަމާއި ސުލްހަ މަސްލަހަތާއި، މިންތީގެ ހަމަހަމަކަން ގާއިމްކޮށް އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރާ އަންހެނުންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

2007 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑް މިހާތަނަށް 180 މީހުންނަށް ދީފައިވާއިރު، މިފަހަރުގެ އެވޯޑް ފިރިހެނަކަށް ވެސް ވަނީ ދީފައެވެ.

އެގޮތުން، މި އެވޯޑް ދީފައިވާ އާޖެންޓީނާ އަށް ނިސްބަތްވާ އަލްބާ ރިއުދާ އަކީ ޖިންސު ބަދަލުކޮށްގެން އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާކަމަށް ބުނެ އަޑު އުފުލަމުންދާ ފިރިހެނެކެވެ. އޭނާ ވަނީ އާޖެންޓީނާގެ ފޮރިން މިނިސްޓްރީގައިވެސް މަތީމަގާމުތައް އަދާކޮށްފައެވެ.

މީގެ އިތުރުން، އަލްބާ އަކީ ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމަ ގޮވާލައި، އެފަދަ ހަރާމް ކަންކަމަކީ އާދައިގެ ކަމެއް ކަމަށް ދައްކައި، އެކަން ކުރުމަށް ހިތްވަރުދީ އެކަމާއި ދެކޮޅު ހަދާ މީހުންނާއި ދެކޮޅަށް މުޒާހަރާ ކޮށް އަޑުއުފުލުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހެކެވެ. އަދި، ކައިވެނި ކުރުމުގައިވެސް ވަކި ޖިންސެއް ބެލުމެއްނެތި ބޭނުން މީހަކާ ކައިވެނި ކުރުމުގެ ހައްގުތައް ހޯދައިދެން ކެނޑިނޭޅި މަސައްކަތް ކުރާ، އެފަދަ ނުބައި ޕްރޮޕެގެންޑާ ތައް ފަތުރަމުންދާ މީހެކެވެ.

އުމުރުން 15 އަހަރުން ފެށިގެން އަންހެނަކަށް ވެގެން އުޅޭ އަލްބާއަށް، ހިތްވަރުގަދަ "އަންހެނާ" ގެ އެވޯޑް ދިނުމުން ގިނަބަޔަކު އަންނަނީ އެކަމަށް ފާޑުކިޔައި ހަޖޫ ޖަހަމުންނެވެ. އަދި އަންހެނުންގެ ހަމަހަމަ ކަމަށް ގޮވާލުމަށްފަހު، އަންހެނުންނަށް ދޭ އެވޯޑްވެސް ފިރިހެނުންނަށް ދިނުމުން ދޭހަވާނީ ހުޅަނގުގެ މުނާފިގު ކަން ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.