ސްޓެލްކޯގެ 4 މުވައްޒަފަކަށް ޙައްޖު ދަތުރާއި ޢުމްރާ ދަތުރު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ 4 މުވައްޒަފަކަށް ޙައްޖު ދަތުރާއި ޢުމްރާ ދަތުރު ހަމަޖައްސައިފިއެވެ.
ސްޓެލްކޯ އިން ކޮންމެ އަހަރަކުވެސް އަންނަނީ ގުރުއަތުން ހޮވޭ 4 މުވައްޒަފަކަށް ހައްޖުދަތުރާއި ޢުމްރާ ދަތުރު ހަމަޖައްސައިދީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.
މިގޮތުން މިއަހަރު މި ފުރުސަތު ލިބުނު 4 މުވައްޒަފުންގެ ގުރުއަތު ނަގައިގެން ގުރުއަތުން ހޮވުނު 4 މުވައްޒަފަކަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. މިކަން އޮތީ ބުދަ ދުވަހުގެރޭ ކުޑަގިރީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މިއަހަރުވެސް ޙައްޖުގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު އަންހެން މުވައްޒަފަކަށާއި ފިރިހެން މުވައްޒަފަކަށް ލިބިފައިވެއެވެ. އަދި ޢުމްރާ އަށް ދިއުމުގެ ފުރުސަތުވެސް އަންހެން މުވައްޒަފަކަށާއި ފިރިހެން މުވައްޒަފަކަށް ލިބިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް