މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ
ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް އަބްދުالله ނިޔާވެއްޖެއެވެ.
މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު "ވޮއިސް"އަށް ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ބަންގި ގޮވިތާ އިރުކޮޅެއް ފަހުން ކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގޭ ކަމަށާއި، އެ ހާދިސާ ހިނގީ ކައުންސިލްގެ ޕިކަޕެއް ޕާކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ކައުންސިލްގެ މެމްބަރު ފާތިމަތު އާސިފާ ވިދާޅުވިއެވެ.
"ދުއްވާފަ ދަނިކޮށެއް ނޫން، ހަމަ ގަރާޖަށް ވައްދަން އުޅުމުގެ ތެރޭގައި އެކަން ހިނގީ" އާސިފާ ވިދާޅުވިއެވެ.
އާސިފާ ވިދާޅުވީ އެ ހާދިސާ ހިނގުމާއެކު ރަށުގެ ލޯންޗެއްގައި އުނގޫފާރަށް ގެންދިޔަ ކަމަށާއި، ގެންދިޔައިރުު ވިންދު ހުރި ކަމަށެވެ. އަދި ނިޔާވީ އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް