ބްރިޖަށް އުދަ އަރާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި
ސިނަމާލެ ބްރިޖާއި ހުޅުލޭ ހައިވޭ ގުޅޭ ހިސާބުން ބްރިޖަށް އުދައަރާތީ ދަތުރުކުރާ އިރު ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހާމަކޮށްފައިވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭގެއިތުރުން މިއަދު ހަވީރު 6:00 އާ ހަމައަށް ކަނޑުގައި އުފެދޭ ރާޅު ބާނި ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އުދައަރާ ދުވަސް ވަރު ބްރިޖްގެ އެސަރަހައްދަށް އާންމުކޮށްވެސް އުދައަރައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް