އަރބަންކޯގެ ނަމުގައި ފޭކް މެސެޖްކުރާތީ ސަމާލުވުމަށް އެދިއްޖެ
އަރބަންކޯގެ ނަމުގައި ފޭކް މެސެޖުތައް ކުރާތީ އެކަމަށް ސަމާލު ވުމަށް އަރބަންކޯއިން އެދިއްޖެއެވެ.
އެގޮތުން މިއަދު އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އަރބަންކޯގެ ހެޑްއޮފީހަށް އައިޑީ ކާޑް ހިފައިގެން އައުމަށް އެދި އެކުންފުނީގެ ނަމުގައި ކޮށްފައިވާ ފޭކް މެސެޖްތަކެއްގެ ފޮޓޯ ހިއްސާ ކޮށްފައެވެ.
އަދި މިފަދައިން އަރބަންކޯގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެޖެއް ނުކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިއާއިއެކު ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަމަށް ފާހަގަކުރައްވާ އަރބަންކޯއިން ވަނީ މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް އަރބަންކޯގެ ނަމުގައި ސްޕޭމް ކޯލްތަކާއި ލިންކުތައް ފޮނުވަމުންގެންދާތީ ސަމާލުވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް